މަސައްކަތް
ނަންބަރު: (IUL)23-AP/23/2018/140
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 03 ޖުލައި 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޓްރަސްޓް ފަންޑުން ހެދުމަށް ހަމަޖެހިފައިވާ އިމާރާތުގެ އާކިޓެކްޗަރަލް، ސްޓްރަކްޗަރަލް، ސާރވިސަސް ކުރެހުންތައް އަދި ބިލް އޮފް ކުއަންޓިޓީ ހަދާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޓްރަސްޓް ފަންޑުން ހެދުމަށް ހަމަޖެހިފައިވާ އިމާރާތުގެ އާކިޓެކްޗަރަލް، ސްޓްރަކްޗަރަލް، ސާރވިސަސް ކުރެހުންތައް އަދި ބިލް އޮފް ކުއަންޓިޓީ ހަދާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަމްބަރ: (IUL)23-AP/23/2018/119 ( މެއި 28 2018) އިއުލާންއާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަގުބޮޑުވާތީ އެ އިއުލާން ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލެމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 03 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖުލައި 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

12 ޝައްވާލް 1439

26 ޖޫން 2018