ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 282/282/2018/12
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 04 ޖުލައި 2018 13:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާނު

ނަމްބަރ: (IUL) 282/282/2018/12)

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ    

މަޤާމުގެ ނަންބަރު: J-229350 

ބޭނުންވާ އަދަދު: 01 (އެކެއް)      

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ ( ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން: ށ. މާއުނގޫދޫ ކައުންސިލް އިދާރާ

މުސާރަ: 7035.00 ރުފިޔާ 

ސަރވިސް އެލެވަންސް: 2000.00 ރުފިޔާ 

ޓެކްނިކަލް ކޯއެލަވަންސް: 1969.80 ރުފިޔާ (މުސާރައިގެ %28)

                (ޓެކްނިކަލް ކޯ ހަމަޖައްސައިދެވޭނީ ހަމައެކަނި މިވަޒީފާގެ މަސައްކަތު ދާއިރާގެ ގޮތުގައި ކަޑައެޅިފައިވާ ޕްރޮޖެކްޓް

މެނޭޖްމަންޓް އަދި އިކޮނޮމިކްސްގެ ދާއިރާއިން ސިވިލް ސަރވިސްގެ ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.)

އެހެނިހެން ޢިނާޔަތްތައް:

1.     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

2.     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3.     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

  މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.     ކައުންސިލް އިދާރާގެ އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓްގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން

ކުރަންޖެހޭ  މަސައްކަތްތައް ކުރުން

2.     ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ވިލަރެސްކޮށް ޕްރޮގްރާމްތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރި ވުން

3.     ރަށުގެ ސިއްޙީ،އިޤްތިސާދީ އަދި އިޖްތިމާޢީ ޚިދުމަތްތަކާ ގުޅޭ ގޮތުން ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި

އިސްކޮށް ޙަރަކާތެރިވުން

4.     ބިމުގެ ރަޖިސްޓްރީއާއި، ކައުންސިލް އިދާރާއިން ބަލަހައްޓަން ޖެހޭ އެންމެހާ ރަޖިސްޓްރީތައް ބެލެހެއްޓުން ވިލަރެސްކުރުމާއި،

މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭކަން ކަށަވަރުކުރުން

5.     ވޭސްޓްމެނޭޖްމަންޓް ސެންޓަރގެ ޙަރަކާތްތައް މެނޭޖްކޮށް، ވިލަރެސްކުރުމާއި މުވައްޒަފުންނާއި، ޕްރޮކިއުމަންޓް ގެ ކަންތައްތައް

ވިލަރެސް ކުރުން

6.     ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅިގެން ކައުންސިލާއި ޒިންމާދާރުވެރިޔާ ޙަވާލުކުރާ މަސައްކަތްތައް ކުރުން

7.     ކައުންސިލުން ތައްޔާރުކުރަންޖެހޭ ފައިނޭންޝިއަލް ޕްލޭނާއި، ޑިވެލޮޕްމަންޓް ޕްލޭން އަދި ޕްރޮގްރާމް ތަކާގުޅޭ ބަޖެޓްގެ

މަސައްކަތްތައް ކައުންސިލާއި، ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން ތައްޔާރުކުރުން

8.     ކައުންސިލްގެ މުވައްޒަފުން މަދުވުމާއި ގުޅިގެން ޔުނިޓުން ފޯރުކޮށްދޭ ޚިދުމަތްތައް މެދުކެޑުނަ ނުދިނުމަށްޓަކައިއެފަދަ ޙާލަތްތަކުގައި،

ކައުންސިލުން ހިންގާ ޕްރޮގްރާމްތަކުގެ އިދާރީމަސައްކަތްތަކާއި، ފައިސާބަލައިގަތުމާއި ބަޖެޓާގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން

  މަޤާމުގެ ޝަރުޠުތައް:      

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮގަކުން(ޕްރޮޖެކްޓް މެނޭޖްމަންޓް/އިކޮނޮމިކްސް/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން)

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތު

ދާއިރާއެއްގައި (ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސް) މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮގަކުން(ޕްރޮޖެކްޓް މެނޭޖްމަންޓް/އިކޮނޮމިކްސް/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން)

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ން ފެށިގެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 ހުށަހަޅަން ޖެހޭ ލިޔުންތައް:    

1.     ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި

އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާކާޑުގެ ދެފުށުގެލިޔުންތައް ފެންނަ، އަދި ލިޔެފައިވާ

ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،

އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.     ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ

ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި

ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރި

ކަމުގެ ލިޔުމުގެ ކޮޕީ.

6.     ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި

ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،

ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ

ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް        

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަޖްރިބާއާއި އިންޓަވިއު. (މާރކްސް ދިނުމަށް ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް

ބަލާނެ ކަންތައްތައް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ކައުންސިލް އިދާރާގެ ފޯން 6540056 އަށް ރަސްމީގަޑީގައި

ގުޅުއްވުމުން ސާފްކޮށްދެވޭނެއެވެ.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:       

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޖުލައި 2018 ގެ 13:00 ގެ ކުރިން، ށ. މާއުނގޫދޫ ކައުންސިލް އިދާރާ އަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (6540056)

މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް

ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:     

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،05 ޖުލައި 2018 ގައި ށ. މާއުނގޫދޫ ކައުންސިލް އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ

ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

           މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540056 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6540056 އެވެ.

           އީ-މެއިލް ކުރާނީ      [email protected] އަށެވެ.

 

           11 ޝައްވާލު 1439

25 ޖޫން 2018