ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-PS/88/2018/32
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 12:58
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ލިސްޓު އިޞްލާޙުކުރުން

އިޢުލާން

މިމިނިސްޓްރީގެ ނަންބަރު IUL)88-LS/88/2016/36) (27 އޮކްޓޫބަރ 2016) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާނުގައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާނެ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެ ތަންތަނާބެހޭ މަޢުލޫމާތު ހިމެނޭ ލިސްޓަށް މާޅޮސްމަޑުލު އުތުރުބުރީ (ރ) ވިލިނގިލި، ހުވަދުއަތޮޅު އުތުރުބުރީ (ގއ) ހުޅިމެންދޫ އަދި ގއ. އޮޑަގައްލާ އިތުރުކޮށް އެ ލިސްޓު އިޞްލާޙުކުރީމެވެ.

ވީމާ، މިވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

11 ޝައްވާލް 1439

25 ޖޫން 2018