ދިވެހިރާއްޖެ
މި ކުތުބުޚާނާއިން 2018 އޭޕްރީލް 18 ގައި ޝާޢިޢުކުރި (އެކައުންޓްސް އޮފިސަރ) ގެ އިޢުލާން ނަންބަރު: ILU)56-CAS/56/2018/10) ބާތިލްކޮށް، އަލުން އިޢުލާން ކުރީމެވެ. |
|
މަޤާމް: |
އެކައުންޓްސް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-294768 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް.އެސް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ޤައުމީކުތުބުޚާނާ، ކ.މާލެ. |
މަސައްކަތު ގަޑި |
ހެނދުނު 8:00 ން މެންދުރު 14:00 އާއި ދެމެދު (06 ގަޑިއިރު) 30 މިނިޓް ބްރޭކް ލިބޭނެ. އަދި އެ މުވައްޒަފުން ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާންޖެހޭނެއެވެ. |
މުސާރަ: |
-/6295 ރުފިޔާ |
ސަރވިސް އެލެވަންސް: |
-/2000 ރުފިޔާ |
ޓެކްނިކަލް ކޯ އެލެވަންސް: |
-/1762.60 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން. - ޤައުމީކުތުބުޚާނާއަށް އެކިފަރާތްތަކުން ލިބެންޖެހޭ ފައިސާ ލިބެމުންދޭތޯ ބަލައި ލިބެމުންނުދާނަމަ ޔުނިޓު ހެޑްގެ މަޝްވަރާގެ މަތިން ފިޔަވަޅުއެޅުން. - ބަޖެޓް ބާކީ ކުރުމާއި، ބަޖެޓާބެހޭގޮތުން ފޮނުވަންޖެހޭ އެންމެހާ ރިޕޯޓްތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވައި ފައިލްކުރުން. - ފައިސާ ދެއްކުމަށްޓަކައި، ލިބޭ ބިލްތަކާއި ގުޅުންހުރި ލިޔުންތައް ހަމަޔަށްހުރިތޯ ޗެކްކުރުން. - ބިލްތަކަށް މުއްދަތު ހަމަވުމުގެ ކުރިން ފައިސާދެއްކޭކަން ޔަޤީންކުރުން. - ބަޖެޓުގެ އެއްވެސް އައިޓަމަކުން ފައިސާ ޚަރަދުކުރުމުގެކުރިން އެއައިޓަމްގައި ފައިސާހުރިތޯބަލާ ޗެކްކޮށް ފައިސާގެމައްސަލަ ހަމަނުޖައްސައި ފައިސާނެތް އައިޓަމަކުން ޚަރަދެއްކޮށްފިނަމަ އެކަމުގެ ޒިންމާއުފުލުން. - ސަރުކާރުގެ މުދަލާއި ފައިސާ އާއި ބެހޭ ޤަވާޢިދުތަކާ އެއްގޮތަށް ފައިސާއާބެހޭ މަސައްކަތްތައް ކުރުން. - ޗެކުހެދިފައިވާ ޑޮކިއުމެންޓްގެ މައުލޫމާތު ޗެކް ލިބެންވީ ފަރާތަށް އެންގުނުކަން ޔަޤީންކުރުން. - އެކިފަރާތްތަކާއި ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް ފައިސާ ދައްކަމުންދޭތޯ ބެލުން. - އޯވަރޑިއުވާ ފަރާތްތަކުގެ މައުލޫމާތު ގެޒެޓް ގައި ޝާޢިއު ކުރަން ފޮނުވުން. - ބިލްތަކަށް ފައިސާ ދެއްކުމަށް ހަދަންޖެހޭ ވައުޗަރުތައް ހަދައި އެއާއިގުޅޭ ޑޮކިއުމެންޓް ސެޕްގައި އެޓޭޗްކޮށް އެޑޮކިއުމެންޓްތައް ފައިލްކޮށް ބެލެހެއްޓުން. - ވައުޗަރ ރަޖިސްޓްރީ އަޕްޑޭޓްކުރުން. - ވައުޗަރ ޕޯސްޓް ކުރުމަށް އެކަމާ ޙަވާލުވެ ހުންނެވި މީހަކާއި ޙަވާލުކުރުން. - ޗެކް ހެދިފައިވާ ޑޮކިއުމެންޓްގެ މައުލޫމާތު ޗެކްލިބެންވީ ފަރާތަށް ދިނުން. - އޯވަރޑިއުވާ ފަރާތްތަކުގެ މައުލޫމާތު ގެޒެޓް ގައި ޝާޢިއު ކުރުމަށް ތައްޔާރުކޮށް ޔުނިޓް ހެޑުންނަށް ފޮނުވުން. - ސަރުކާރުގެ މުދަލާއި ފައިސާ އާއި ބެހޭ ޤަވާޢިދުތަކާއި އެއްގޮތަށް ފައިސާއާބެހޭ މަސައްކަތްތައް ކުރުން. - ލައިބްރަރީ ކޮމްޕިއުޓަރ ނެޓްވާކްގައި ލައިބްރަރީ ފައިނޭންސް ޔުނިޓުގެ ފޯލްޑަރ ބަލަހައްޓައި އަޕްޑޭޓް ކުރުން. - މަސައްކަތާއިގުޅޭ ހުރިހާ މުޢާމަލާތްތައް ލިޔުމުން ކުރުން، މިގޮތުން އީމެއިލުން މުޢާމަލާތުކުރުމަށް ސަމާލުކަން ދިނުން، ޤަވާއިދުން އީމެއިލް ޗެކްކޮށް އީމެއިލް ތަކަށް ރިޕްލައި ކުރުން. - ހަފްތާއަކު އެއްފަހަރު ބާއްވާ ޔުނިޓް މީޓިން ގައި ބައިވެރިވުން. - ހަފްތާއަކު އެއްފަހަރު ސުޕަވައިޒަރާއެކު ބައްދަލުކޮށް ޓާގެޓް ތަކާއިމެދު މަޝްވަރާކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުން. - ލައިބްރަރީގެ ފަރާތުން އިންތިޒާމްކުރާ ކޯސް، ޓްރޭނިންގ ޕްރޮގްރާމް، ވޯރކްޝޮޕް، ޖަލްސާ، ސެމިނަރ އަދި މިނޫންވެސް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން. - ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުން. - ޕްރޮސީޖަރ ތައްޔާރުކުރުމުގައި ޔުނިޓް ހެޑަށް މައުލޫމާތު ދިނުން. - މަސައްކަތުގެ މަންތްލީ، ވީކްލީ އަދި ޑެއިލީ ޕްލޭން ހެދުން. - އޮފީހުން އިންތިޒާމްކޮށް އަދި މީގެ އިތުރުން ހޯދައިދޭ ޓްރޭނިންގ ފުރުސަތުތަކުގައި ބައިވެރިވުން. - މަސައްކަތާއިގުޅުންހުރި ކަންކަމުގައި އީމެއިލް އަދި ސޯޝަލް މީޑިއާ ބޭނުންކުރުން. - އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅުކުރެވޭނެ ގޮތާއި މެދު ބިނާކުރަނިވި ހިޔާލު ފާޅުކުރުން. - ހަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮފީސް ތަމްސީލްކުރުން. - އޮފީހަށް ލިބޭ ފައިސާއާއި ހަވާލުވެ، ތިޖޫރީގައި ރައްކާކޮށް އެމް.އެމް.އޭ އަށް ޖަމާކުރުން. |
މަޤާމުގެ ޝަރުތު: |
- އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން (www.nlm.gov.mv) ލިބެން ހުންނާނެ) |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖުލައި 05 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޤައުމީ ކުތުބުޚާނާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3313712 އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޖުލައި 07 ވަނަ ދުވަހާއި 2018 އޯގަސްޓް 09 ވަނަ ދުވަހާ ދެމެދު، ޤައުމީ ކުތުބުޚާނާ، (މިއުޒިއަމް ބިލްޑިން އޭ) ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3007311 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
05 ޝައްވާލް 1439