މަސައްކަތް
ނަންބަރު: (IUL)438-ENV/438/2018/173
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 04 ޖުލައި 2018 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ ބައޮސްފިޔަރ ރިޒާވަކަށް ހެދުމާއި ބެހޭގޮތުން އިންފޮރގްރެފިކްސް ޕޯސްޓަރ އަދި ލީފްލެޓް ފަރުމާކޮށް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ.

                  އިޢުލާނު                                 ު                               

 

ދިވެހިރާއްޖެ ބައޮސްފިޔަރ ރިޒާވަކަށް ހެދުމާއި ބެހޭގޮތުން އިންފޮރގްރެފިކްސް ޕޯސްޓަރއަދި ލީފްލެޓް ފަރުމާކޮށް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ.

 

  1. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީން ތައްޔާރުކޮށް އެކުލަވާލައިފައިވާ ދިވެހިރާއްޖެ ބައޮސްފިޔަރ ރިޒާވަކަށް ހެދުމާއި ބެހޭ އިންފޮރގްރެފިކްސް ޕޯސްޓަރ އަދި ލީފްލެޓް ފަރުމާކޮށް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންޓުން 'ޓާރމްސް އޮފް ރިފަރެންސް' އާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން އަރުވަމެވެ.  މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.
  3. މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
  4. މި މަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
  5. "ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 04 ޖުލައި 2018 ވަނަދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފެކްސް: -3018-301960+

       އީމެއިލް: [email protected]

 6." ޕްރޮޕޯސަލް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް"  މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

25 ޖޫން 2018