ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-G1(b)/IUL/2018/042
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 19:04
ސުންގަޑި:
28 ޖޫން 2018 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މިސަރވިސްގެ ސީސީޓީވީ ކެމެރާ ތަކުގެ ހޮޅިދަނޑިތަކުގައި ކޮންކްރީޓް ބުޑު އެޅުމާއި ފައިބަރ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުން
- މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މިސަރވިސްގެ ސީސީޓީވީ ކެމެރާ ތަކުގެ ހޮޅިދަނޑިތަކުގައި ކޮންކްރީޓް ބުޑު އެޅުމާއި ފައިބަރ ކޭބަލް އަޅާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 ޖޫން 25 ވާ ހޯމަ ދުވަހުން ފެށިގެން 2018 ޖޫންް 28 ވާ ބުރާސްފަތި ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ (ސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
- މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 ޖުލައި 01 ވާ އާދީއްތަ ދުވަހުގެ 10:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޖޫން 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2018 ޖުލައި 08 ވާ އާދީއްތަ ދުވަހުގެ 10:00 ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
24 ޖޫން 2018