ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-FLBMSDS1/138/2018/85
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 01 ޖުލައި 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ހޯދަޑު " ވައިގަދަގެ " ރަޖިސްޓްރީ އާއި ގުޅޭ:

ފުވައްމުލަކު ހޯދަޑު " ވައިގަދަގެ" އެވެ ކިޔާ ގޯއްޗަށް ހަދާދީފައިވާ ނަންބަރ: 3/95 (24 އޮކްޓޫބަރ 2010) ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ފުވައްމުލައް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރަވިސަސް ޑިޕާރޓްމެންޓް / ނޯތު ސެކްޝަނަށް  ވަނީ ހުށަހަޅާފައެވެ.

     ވީމާ، މި ދެންނެވި "ވައިގަދަގެ" ރަޖިސްޓްރީ އާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، 01 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލައް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރަވިސަސް ޑިޕާރޓްމެންޓް / ނޯތު ސެކްޝަނަށް އަންގަވާ ދެއްވުން އެދެމެވެ.

24 ޖޫން 2018