ދިވެހިރާއްޖެ
މަޤާމް: |
އެސިސްޓެންޓް ޓެކްނީޝަން |
|
މަޤާމުގެ ނަންބަރު: |
145 |
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
އެސް.އެސް 4 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 4 |
|
ސެކްޝަން: |
އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް |
|
މަޤާމް އޮތް އޮފީސް: |
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ |
|
މުސާރަ: |
4,200.00 ރުފިޔާ |
|
ސަރވިސް އެލެވަންސް: |
1,000.00 ރުފިޔާ |
|
އިތުރު ޢިނާޔަތްތައް: |
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. |
ކަރަންޓް ދޫކުރުމަށްފަހު ކަރަންޓް ލައިންތަކުގައި ނުވަތަ ޕެނަލްބޯޑުތަކުގައި މައްސަލައެއް ހުރިތޯ ބަލައި ޗެކްކުރުމާއި މައްސަލައެއް ހުރިނަމަ ރަނގަޅުކުރެވެން ހުރިކަމެއް ރަނގަޅުކުރުމާއި ރަނގަޅުކުރެވެން ނެތްކަމެއް ލަސްނުކޮށް އިންޖީނުގެއާ ޙަވާލުވެހުންނެވި ވެރިޔަކަށް އެންގުމާއި އެކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން. |
|
2. |
އިންޖީނުގޭގައި ބޭނުންކުރާ އިންޖީނުތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއި އިންޖީނުތަކުގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް އެކަމެއް ރަނގަޅުކުރުމާއި ރަނގަޅުކުރެވެން ނެތްކަމެއް ލަސްނުކޮށް އިންޖީނުގެއާ ޙަވާލުވެހުންނެވި ވެރިޔަކަށް އެންގުމާއި އެކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން. |
|
3. |
ޖަނަރޭޓަރުތަކަށް ބޭނުންވާ މަތީތެޔޮ ހުސްވުމުގެ ކުރިން އިންޖީނުގެއަށް ތެޔޮ ޖަމާކުރުން. |
|
4. |
އިންޖީނުގޭގައި ބޭނުންކުރަމުންގެންދާ ޖަނަރޭޓަރުތައް ހިންގައި ގަޑިހަމަވޭތޯ ބަލައި އަޑީތެޔޮ ބަދަލުކުރުމާއި ފިލްޓަރުތައް ބަދަލުކުރުވުމާއި ޖަނަރޭޓަރުތައް ރިކާބަނައިޒް ކުރަންޖެހޭ މުއްދަތުގައި އެކަންކުރުމާއި އޯވަރހޯލް ކުރަންޖެހޭ މުއްދަތުގައި އެކަންކުރުން. |
|
5. |
އިންޖީނުތަކުގެ އަޑީތެލާއި މަތީތެޔޮ ވަރަށް ފަރުވާތެރިކަމާއެކީގައި ހަމަކޮށް ބެލެހެއްޓުމާއި ޤަވާޢިދުން ތެލާއި ފެން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންގެންދިއުން. |
|
6. |
ޖަނަރޭޓަރުތަކުގެ ރީޑިންގ ޤަވާޢިދުން ނަގަމުން ގެންދިއުން. |
|
7. |
ކަރަންޓް ބޭނުންކުރަމުންދާ ގެއެއްގެ މީޓަރުގައި މައްސަލައެއް ހުރިކަން އެނގިއްޖެނަމަ ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެކަން އިންޖީނުގެއާ ޙަވާލުވެހުންނެވި ވެރިއެއްގެ މަޝްވަރާއާއެކު ރަނގަޅުކުރުން.
|
|
.8 |
ގެއަކުން ނުވަތަ އެހެން ތަނަކުންވިޔަސް ކަރަންޓަށް މައްސަލައެއް ދިމާވެއްޖެނަމަ އެތަނަކަށްގޮސް އެކަމެއް ރަނގަޅުކުރުން. |
|
.9 |
ރަށުގެ މަގުގޯޅިތަކާއި އިޖްތިމާޢީ ސަރަހައްދުތަކުގައި ޖަހާފައިވާ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާއި އަލަށް ބައްތި ޖެހުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
|
.10 |
އިންޖީނުގޭ މަސައްކަތްތަކުގެ ތެރޭގައި ނުހިމެނުނުކަމުގައިވިޔަސް އެކަމަކުން އިންޖީނުގެއަށް ރަނގަޅެއް އޮތްކަމެއް އެނގިއްޖެނަމަ އެކަމެއް އިންޖީނުގެ ހިންގަން ހުންނަވާ ވެރިއެއްގެ ސަމާލުކަމަށް ގެނައުމާއި އެކަމަކުން ދެރައެއް ނުވަތަ ހުތުރުނަމެއް ލިބޭކަން އެނގިއްޖެނަމަ އެކަމެއްވެސް ހިންގަން ހުންނަވާ ވެރިއެއްގެ ސަމާލުކަމަށް ގެނައުން. |
|
.11 |
ރަށުކައުންސިލްގެ ފަރާތުން ރާވައި އިންތިޒާމްކުރާ ކަންތައްތަކުގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން. |
|
.12 |
ރައްޔިތުންގެ މުދަލާއި އިންޖީނުގެއާއި ރައްޔިތުންގެ އެކިއެކި ބޭނުންތަކަށް ބޭނުންކުރާ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. ކައުންސިލުން ހަމަޖައްސަވާ އުޞޫލެއްގެ މަތިން އިންޖީނުގޭގައި ޑިއުޓީ ކުރަމުން ގެންދިއުން.
|
|
.13 |
ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެމަތިން އިންޖީނުގޭގައި ޑިއުޓީކުރަމުން ގެންދިއުން. |
މަޤާމުގެ ޝަރުޠުތައް: |
|
ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކަލް އިންޖިނިއަރރިންގ،އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް މިއިންދާއިރާކުން ޤައުމީ ސަނަދު ލެވެލް 3 އިންފެށިގެން މަތީގެ ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
1. ތަޢުލީމާއި ތަމްރީނު. 2. މަސައްކަތު ތަޖުރިބާ. 3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް. 4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން. 5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސް ހޯދާ ފަރާތް. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
1.ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|
ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.fncl.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖުލައި 9 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ފ. ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޖުލައި 12 އާއި 15 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ 50% (ފަންސާސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން: |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
|
|
10 ޝައްވާލު 1439
24 ޖޫން 2018