ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2018/41
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 28 ޖޫން 2018 10:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއާއި މިއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

                                                     `

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްއިދާރާ         

ހއ. އިހަވަންދޫ

ދިވެހިރާއްޖެ

 

(IUL)248-ESMSMS/248/2018/41 :ނަންބަރ 

    އިޢުލާނު

 

މިއިދާރާއާއި މިއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް.

 

               މިއިދާރާއާއި މިއިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށްވަނީ ބޭނުންވެފައެވެ.

 

               ވީމާ، އެމަސައްކަތް ކޮށްދެއްވުމަށް ޝައުޤު ވެރިވާ ފަރާތްތަކުން 28 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ 10.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު  ސާފު ކުރެއްވުމަށް ފަހު 03 ޖުލައި 2018 ވާ އަންގާރަދުވަހުގެ 10.30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

 

               މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް،ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް ، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް (ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތާއެކު) ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

.

               އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް މިއިދާރާއާއި މިއިދާރާގެ  ބެލުމުގެ ދަށުގައިވާ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

 

               މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖޫން 2018