ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-DR/459/2018/13
ޕަބްލިޝްކުރި ތާރީޚް: 24 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 02 ޖުލައި 2018 14:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މެންބަރުން ހޮވުމަށް އިޢުލާންކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މެންބަރުން ހޮވުމަށް ކުރި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރުން.

ޤާނޫނު ނަންބަރު 08/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) 5 ވަނަ މާއްދާގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރަކު ހޮވުމަށް  ކުރި، މި މިނިސްޓްރީގެ ނަންބަރު (IUL)459-DR/1/2018/36 (14 މާރޗް 2018) އިޢުލާންގައި، އިންތިޙާބު ކުރާ ދާއިރާގެ ގޮތުގައި ޖެހިފައިވަނީ، ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) 5 ވަނަ މާއްދާގެ (ހ) (4) "ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިޚާބުކުރާ މެންބަރު" މިހެން ކަމަށްވާތީ، އެ އިޢުލާން ބާތިލްކޮށް، ދާއިރާގެ ނަން ރަނގަޅުކޮށް، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި ކައުންސިލަށް ހޮވުމަށް ބޭނުންވަނީ، މި މަސައްކަތަށް ޝައުޤުވެރިކަންހުރި، ތިރީގައިވާ ބަޔާން ކުރެވިފައިވާ ދާއިރާއިން ހީވާގި އަދި ޤާބިލު ފަރާތެކެވެ.

ދާއިރާ

ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) 5 ވަނަ މާއްދާގެ (ހ) (4) ނަފްސާނީ ބަލިތަކާއިބެހޭ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެވެ.

("ނަފްސާނީ ބަލިތަކާއި ބެހޭ ޞިއްޙީ ޚިދުމަތްތަތެރިން" ކަމުގައި ބުނެފައި އެވަނީ، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމާއި އެފަދަ ބަލި މީހުންނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ބަލިތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޑޮކްޓަރުންނާއި، ސައިކޭޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސެލަރުންނާއި، އެ ފަންނުގެ ޞިއްޙީ އެހީތެރިންނަށެވެ.)

ޝަރުޠުތައް

- މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު ހުރުމާއެކު

  • ސައިކިއެޓްރިސްޓެއްކަމުގައިވުން  ނުވަތަ؛
  • ސައިކޮލޮޖިސްޓެއް ކަމުގައިވުން ނުވަތަ؛
  • ކައުންސެލަރެއް ކަމުގައިވުން؛
  • މިދާއިރާތަކުގެ ތެރެއިން ކޮންމެވެސްއެއް ދާއިރާއަކު 5 އަހަރުގެ ފަންނީ ތަޖުރިބާ ލިބިފައިވުން.
  • ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ މީހަކަށްވުން.

 

 

ހުށަހަޅަންޖެހޭ ތަކެތި

-މި ވަޒީފާއަށް ޝައުގުވެރިކަން ހުރިކަން ބަޔާންކޮށް ހުށަހަޅާ ސިޓީ

-މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ސައިކިއެޓްރިސްޓެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަން އަންގައިދޭ ލިޔުމެއް ނުވަތަ

-މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ސައިކޮލޮޖިސްޓެއް ނުވަތަ ކައުންސެލަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަން އަންގައިދޭ ލިޔުމެއް

-ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ އަސްލާ އެއްގޮތަށްކަމަށް ރަސްމީ ފަރާތެއްގެ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ލިއުމެއް)

-ކުރިމަތިލާ ފަރާތުގެ ވަނަވަރު.

-ޕޮލިސް ރިކޯޑް.

-ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ސާފު ކޮޕީ.

އެލަވަންސް

-/5000 ރުފިޔާ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

-ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ދަށުން އެކުލަވައިލާފައިވާ ކައުންސިލުގެ މެންބަރުންގެ ގެ މައްޗަށް ކަނޑައަޅާފައިވާ އެންމެހާ މަސައްކަތްކުރުން.

-ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ބައްދަލުވުންތަކުގައި މަޝްވަރާއާއި ޚިޔާލުދިނުމާއި ކައުންސިލްގެ މެންބަރެއްގެގޮތުގައި އެހީތެރިވުން.

ސުންގަޑި

2018 ޖުލައި 2 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑެ ފެމިލީއަށެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3013017 ނަންބަރު ފޯނަށެވެ. 

 

                                   24 ޖޫން 2018

                             

24 ޖޫން 2018