ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-G1(b)/IUL/2018/041
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި:
27 ޖޫން 2018 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސަރވިސްގެ ބޭނުމަށް އޮކްޓެގްނަލް ސްޓްރީޓް ލައިޓިންގ ޕޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
- މިސަރވިސްގެ ބޭނުމަށް 35 ސްޓްރީޓް ލައިޓިންގ ޕޯލް ގަތުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 ޖޫން 24 ވާ އާދީއްތަ ދުވަހުން ފެށިގެން 2018 ޖޫންް 27 ވާ ބުދަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ (ސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
- މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 ޖޫން 28 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޖޫން 27 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2018 ޖުލައި 04 ވާ ބުދަ ދުވަހުގެ 10:00 ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
23 ޖޫން 2018