ދިވެހިރާއްޖެ
މުލަކަތޮޅު މުލަކު ގައި އައިޑީ ކާޑް ކަލެކްޓިން ޕޮއިންޓެއް ޤާއިމްކުރުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ހޯދައިދޭނެ ފަރަތެއް ހޯދަންބޭނުންވެއެވެ.
| 
 އަދަދު  | 
 ތަކެތި  | 
| 
 01  | 
 ކޮމްޕިޔުޓަރ ސިސްޓަމް  | 
| 
 01  | 
 ފިންގަރ ޕްރިންޓް ޑިވައިސް  | 
| 
 01  | 
 ސިގްނޭޗަރ ޕެޑް  | 
| 
 01  | 
 ސްކޭނަރ  | 
| 
 01  | 
 ޑިޖިޓަލް ކެމެރާ  | 
މަތީގައި ބަޔާން ކުރެވިފައިވާ ތަކެތީގެ ސްޕެސިފިކޭޝަނާއި ކަމާއި ގުޅޭ މަޢުލޫމާތު 2018 ޖޫން 24 ވާ އާދިއްތަ ދުވަހުގެ 13:30 އިންފެށިގެން 2018 ޖުލައި 02 ވާ ހޯމަ ދުވަހުގެ 14:00 އަށް މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާއިންނާއި އީމެއިލްގެ ޒަރިއްޔާއިން ނުވަތަ މީސްމީޑިޔާ މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.
ވީމާ، މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި ހޯދައި ދިނުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން 2018 ޖުލައި 08 ވާ އާދިއްތަ ދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާފަރާތްތަކުން އެކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބް ހުށަހެޅުމަށް ގަޑި ޖެހިގެން ޙާޟިރުވާ ފަރާތްތަކާއި، މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.
ސްޕެސިފިކޭޝަން ޑައުންލޯޑިން ލިންކް:
https://drive.google.com/open?id=0B9Ts2PfrNGsed2ZscXp0SVNRclJWOUtvamF6a2JFWlhLWlZn
އަންނަނިވި ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެ އަންދާސީ ހިސާބެއް ބާތިލް ކުރެވޭނެއެވެ.
- ކުންފުނި ،އިންވެސްޓްމަންޓެއްނަމަ ރަޖިސްޓްރީގެ ކޮޕީ / ޓެކުސްރަޖިސްޓްރޭޝަން
 - އަމިއްލަ ފަރާތެއްނަމަ ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑްގެ ކޮޕީ
 
21 ޖޫން 2018