ދިވެހިރާއްޖެ
ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ޕްރޮކިއުމަންޓް އޮފިސަރ
ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް މި މިނިސްޓްރީއިން ހިންގާ 'ޏ. ފުވައްމިލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު' އަށް ފަންނީ ލަފާ ދިނުމަށާއި ޕްރޮޖެކްޓް ހިންގުމަށްޓަކައި އެއް (01) ޕްރޮކިއުމަންޓް އޮފިސަރ އައްޔަނުކުރުމަށް ބޭނުންވެއެވެ.
މިގޮތުން ޕްރޮކިއުމަންޓް އޮފިސަރގެ މަސްއޫލިއްޔަތަކީ މި މަޝްރޫޢުގެ ޕްރޮކިއުމަންޓް މަސައްކަތްތައް ސަރުކާރުގެ އަދި ބޭރުގެ އެހީދޭ ޖަމާއަތްތަކުގެ ޕްރޮކިއުމަންޓް ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކުރުމެވެ.
ޕްރޮކިއުމަންޓް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި: (ހ) ޕްރޮކިއުމަންޓް، ފައިނޭންސް، ކޮމާރސް، ބިޒިނަސް މެނޭޖްމަންޓް ގެ ދާއިރާއިން ދަށްވެގެން ބެޗްލާރސް ޑިގްރީ ޙާސިލް ކޮށްފައިވުން؛ އަދި (ށ) ސަރުކާރުގެ ޕްރޮކިއުމަންޓް ނުވަތަ ފައިނޭންސް ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. އަދި ބޭރު އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި (ނ) ޕްރޮކިއުމަންޓްގެ ދޭއް ނުވަތަ ތިން ދާއިރާއިން (ކޮންސަލްޓަންސީ، ވާރކްސް އެންޑް ގުޑްސް، ތަފާތު ކޮންޓްރެކްޓްތަކާއި ބީލަންފޮތް ތައްޔާތުކުރުމުގެ) އެކަށީގެންވާ ތަޖުރިބާ އާއި ޤާބިލުކަން ލިބިފައިވުން؛ އަދި (ބ) ފަރިތަކަމާއި އެކު އިނގިރޭސި އަދި ދިވެހިބަހުން މުޢާމަލާތް ކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯސިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ވޯލްޑް ބޭންކް ނުވަތަ އިންޓަރނެޝަނަލް ފައިނޭންސް ކޯޕޮރޭޝަންގެ ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
އުޖޫރަ - މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި މަހަކު 22,400 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.
މަސައްކަތުގެ މުއްދަތު:، - މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 05 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ. ހުށަހަޅަށްޖެހޭ ލިޔުންތައް
ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ސުންގަޑި ޝައުޤުވެރިވާ ފަރާތްތަކުން 03 ޖުލައި 2018 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ މާފަންނު، ހަނދުވަރީ ހިނގުން ފޯނު ނަންބަރު: 3018386
އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.
އިތުރު މައުލޫމާތު: މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018386 , 3018384 އަށް ގުޅުއްވުން އެދެމެވެ.
21 ޖޫން 2018 |