ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ އަސްކަނިތަކާއި ފިޔަކަނިތަކުގައިވާ ނަލަފިލާތައް ފީވެފައިވާތީ، ފީނުވާ ބާވަތެއްގެ މެޓީރިއަލްއަކުން ނަލަފިލާތައް އަލުން ހަދައި، ދިޔަދޮވިތައް ހަރުކޮށް، މަރާމާތު ކުރުމުގެ މަސައްކަތާ ފިރިހެނުންގެ ފާޚާނާއާއި އަންހެނުންގެ ފާޚާނާ ވެންޓްކުރުމަށްޓަކައި 4 އިންޗިއަށްވުރެ ހިމަ ނޫން ޕީވީސީ 4 ހޮޅިކޮޅު ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ(ILU)231-AH/231/2018/36 ގެ އިޢްލަނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ބައްލަވައިގެންފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢްލާން ކުރީމެވެ.
މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ވީމާ މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓްސް ބައްލަވައި ގަތުމަށްފަހު ބިޑް ޑޮކިއުމަންޓްސް ފުރިހަމަ ކުރައްވައި ކަނޑައެޅިފައިވާ ގަޑިއަށް ބިޑް ޑޮކިއުމެންޓް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ބިޑް ޑޮކިއުމަންޓްސް ވިއްކުން
21 ޖޫން 2018 ( ބުރާސްފަތި ) ދުވަހުންފެށިގެން 01 ޖުލައި ޖޫން ( އާދިއްތަ) ދުވަހުގެ
8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި
ޕްރީބިޑް މީޓިންގ
01 ޖުލައި 2018 ( އާދީއްތަ ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި
ބިޑް އޯޕަން މީޓިންގ
05 ޖުލައި 2018( ބުރާސްފަތި) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި.
ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާ އެވެ.
ބިޑް ބައްލަވާނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގ ގައި ބައިވެރި ވެވޭނެއެވެ. އަދި ބިޑް ބައްލަވައިގަތްފަރާތުން ފްރީ ބިޑް މީޓިންގ ގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމުގައި ވިޔަސް ބިޑް ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ.