ދިވެހިރާއްޖެ
ޝައިޚާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތުގެ ދަޢުވަތު
ދުބާއީގައި 2018 ވަނަ އަހަރު ނޮވެންބަރުމަހު4 ން 16 ށް ބޭއްވުމަށް ހަމަޖެހިފައިވާ ޝައިޙާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤްވާމީ މުބާރާތުގައި އަންހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށާއި އޭނާގެ އަރިހުގައި ވަޑައިގަންވާ މަޙްރަމަކަށް ދެކޮޅު ޓިކެޓާއި ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ބައިވެރިވުމުގެ ޝަރުޠު
- މުޅި ޤުރްއާން ތަޖުވީދުގެ ހަމަތަކާއެކު ހިތުދަސް އަންހެނަކު ކަމުގައިވުން.
- 01 ޖަނަވަރީ 2018 އަށް 25 އަހަރު ފުރިފައިނުވުން.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ކުއްޖާގެ ވަނަވަރު ހުށަހެޅުއްވުން އެދެމެވެ