ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)236-AHI/236/2018/13
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 10 ޖުލައި 2018 14:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ޕްރެކްޓިކަލް އިމްތިޙާނުދޭނޭ އެގްޒަމިނަރުން ހޯދުމަށް

އިޢުލާން

 

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޕްރެކްޓިކަލް އިމްތިޙާނު ދޭނެ އެގްޒަމިނަރުން ހޯދުން

 

އެއްގަމުގައި ދުއްވާއިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޕްރެކްޓިކަލް އިމްތިހާނު ދެއްވާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. އިމްތިހާނު އޮންނާނީ މި ކައުންސިލުން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ.

މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

 

އަންހެން އެގްޒަމިނަރުން:

- ބޭނުންވާ ޢަދަދު: 08 ( އަތޮޅުގެ ކޮންމެ ރަށަކުން 1 )

ޝަރުޠު:

- ދަށްވެގެން AA1 ގިންތީގެ ލައިސަންސް އޮތުން

- ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތު ވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

- ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް.

- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 3 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ޞިއްޙަތެއްގައި ހުރުން.

- މ. އަތޮޅު ކައުންސިލްގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

- ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

  

ފިރިހެން އެގްޒަމިނަރުން:

 

- ބޭނުންވާ ޢަދަދު: 08 ( އަތޮޅުގެ ކޮންމެ ރަށަކުން 1 )

ޝަރުޠު:

- ދަށްވެގެން AA1B1B2C1C2 ގިންތީގެ ލައިސަންސް އޮތުން

- ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތު ވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

- ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް.

- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ޞިއްޙަތެއްގައި ހުރުން.

- މ. އަތޮޅު ކައުންސިލްގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

- ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

އުޖޫރަ:

- ޓެސްޓް ކުރާ ކޮންމެ A,A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ.

- އެހެނިހެން ކެޓަގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

      ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 10 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަނަވަރާއެކު ސިޓީއަކުން މި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 

 07 ޝައްވާލް 1439

21 ޖޫން 2018