މަސައްކަތް
ނަންބަރު: 60-ADM/2018/175
ޕަބްލިޝްކުރި ތާރީޚް: 21 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 28 ޖޫން 2018 12:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ކ.ވިލިމާލެ ފިހާރައިގެ ވިޔަފާރިއަށް ގެންދެވޭ މުދާ ބޯޓުތަކުން ބާލައިގެން ގޮސް، އެސްޓީއޯ ކ. ވިލިމާލެ ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2018 ޖޫން 28  ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ޖޫން 28 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 ޖުލައި 01 ވާ އާދީއްތަ ދުވަހުގެ 15:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑް އޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 ޖުލައި 3 ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ޖުލައި 04 ވާ ބުދަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ޖުލައި 10 ވާ އަންގާރަ ދުވަހުގެ 15:00 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 ފޯނު: 3344180، 3344262

 ފެކްސް: 3344633

 އީމެއިލް: [email protected]

21 ޖޫން 2018