މަސައްކަތް
ނަންބަރު: (IUL)23-AP/23/2018/136
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 25 ޖޫން 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑަބްލިއު.އެޗް.އޯ ގެ "މެންޓަލް ހެލްތު ގެޕް އެކްޝަން ޕްރޮގްރާމް ޓްރެއިނިންގ ޕެކޭޖް" 07 ޖުލައި 2018 އިން 12 ޖުލައި 2018 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

        ޑަބްލިއު.އެޗް.އޯ ގެ "މެންޓަލް ހެލްތު ގެޕް އެކްޝަން ޕްރޮގްރާމް ޓްރެއިނިންގ ޕެކޭޖް" 07 ޖުލައި 2018 އިން 12 ޖުލައި 2018 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖޫން 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޖުލައި 2018 ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

06 ޝައްވާލް 1439

20 ޖޫން 2018