ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-G/30/2018/87
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 26 ޖޫން 2018 12:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މި މިނިސްޓްރީއިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅުގައި ކުރަމުންދާ މަސައްކަތްތައް މޮނިޓަރ ކުރުމަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމް:

ކޮމިއުނިޓީ މޮބިލައިޒޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

3 (ތިނެއް)

ސެކްޝަން:

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

މަސައްކަތް ކުރަންޖެހޭ ތަން:

ލ.އިސްދޫ، ލ.ކަލައިދޫ އަދި ލ.ދަނބިދޫ

ވަޒީފާގެ މުއްދަތު:

 1 އަހަރު

މުސާރަ:

   ރުފިޔާ ( ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި) 7000

ޝަރުތު:

1- ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތައް ޝައުގުވެރިވުން

2- ރަށުގައި ދިރިއުޅެމުންދިއުން

3- 18 އަހަރާއި 35 އަހަރާއި ދެމެދު ގެ މީހަކަށްވުން

4- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއްލިބިފައިވުން (ގްރޭޑް 10 ނިންމާފައިވުން)

5- 01 އަހަރުގެ މުއްދަތަށް މަޝްރޫޢުގައި މަސައްކަތުގައި ދެމިހުރުން (ޕްރޮބޭޝަންގެ ގޮތުގައި 3 މަސްދުވަހުގެ މަސައްކަތް ބެލުމަށްފަހު ކޮންޓްރެކްޓް އިތުރު ކުރެވޭނެއެވެ.)

6- މޮނިޓަރިންގ މަޢުލޫމާތު ނަގަން އެގުމާއި ރިޕޯޓް ތައްޔާރުކުރެވޭ ފަދަ ފެންވަރުހުރުން

7- މޫދުގައި ގިނަ ވަގުތު ހޭދަކުރެވޭ ވަރުގެ ސިއްޙަތު ރަގަޅު ފަރާތަކަށްވުން

8- މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ގާބިލް ފަރާތަކަށްވުން.

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް:

މި މަޤާމްތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި ޢިއުލާން އާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341836 އަށް ގުޅުއްވުނެ އެދެމެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ

2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު

3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ)

4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ


މަތީގައި ދެންނެވިފައިވާ މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ޖޫން 2018 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ އެޑްރެސްކޮށް ހުށަހެޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލްއަށް ނުވަތަ މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްޕލިމެންޓޭޝަން ޔުނިޓަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަންޏެވެ.

ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ:

ޕްރޮޖެކްޓް ޑިރެކްޓަރ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

ހ.ވައިޓް ވޭވްސް،  މޫންލައިޓް ހިނގުން

[email protected]

 

މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ.އަތޮޅުގެ މަސައްކަތް މޮނިޓަރކުރުމަށް ޓަކައި ނެގުމަށް ހަމަޖެހިފައިވާ ކޮމިޔުނިޓީ މޮބިލައިޒޭޝަން އޮފިސަރގެ ކްރައިޓީރިއާ 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭއަށް މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް އެސިނާޢަތް ތަރައްޤީކުރުމަށް މަގުފަހިކުރުމާއި، މެރިކަލްޗަރގެ މަސައްކަތްތަކުން ރައްޔިތުންނަށް އާމްދަނީ ލިއްބައިދިނުމެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި މަޝްރޫއިން ހިންގާ އެންމެ މުހިއްމު އެއްހަރަކާތަކީ މި މިނިސްޓްރީއާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ހުއިފިލަނޑާ އާލާކުރުމެވެ.

މިގޮތުން، އަޖުމަ ބެލުމުގެ ގޮތުން ހުއިފިލަނޑާ ބޮޑުކުރުކުގެ މަސައްކަތް ލ. ދަނބިދޫ، ކަލައިދޫ އަދި އިސްދޫގައި ވަނީ ފެށިފައެވެ. މި ތިންރަށުގައި މި މަސައްކަތް ކުރާ ގޮތް ރަށު ކައުންސިލާ ގުޅިގެން ގަވާއިދުން ބެލުމަށްޓަކައި، ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހަމަޖެހިފައިވާ ތިން ރަށުން ވަގުތީ ކޮމިޔުނިޓީ މޮބިލައިޒޭޝަން އޮފިސަރުން ތިރީގައިވާ ގޮތުގެ މަތިން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މަގާމު:               ކޮމިޔުނިޓީ މޮބިލައިޒޭޝަން އޮފިސަރ

މަސައްކަތް ކުރަންޖެހޭ ތަން:        ހުއިފިލަނޑާގެ މަސައްކަތް ކުރާ ރަށުގައި

މުސާރަ:               7000 ރުފިޔާ (މަހަކު)

މުއްދަތު:               12 މަސް ދުވަސް 

ކޮމިޔުނިޓީ މޮބިލައިޒޭޝަން އޮފިސަރގެ މަގާމުގެ ޝަރުތުތަކަކީ:

  • ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތައް ޝައުގުވެރިވުން.
  • ލ.ދަނބިދޫ، ކަލައިދޫ އަދި އިސްދޫގައި ދިރިއުޅެމުންދާ ފަރާތަކަށްވުން
  • 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހަކަށްވުން.
  • ޖީ. ސީ. އީ. އޯލެވެލް ހަދާފައިވާ ފަރާތެއްކަމުގައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން
  • 01 އަހަރުދުވަހުގެ މުއްދަތަށް މަޝްރޫގެ މަސައްކަތުގައި ދެމިހުރެވޭ ފަދަ ފަރާތަކަށްވުން
  • މައިކްރޯ ސޮފްޓް އޮފިސް ( މައިކްރޯ ސޮފްޓް ވޯޑް އަދި މައިކްރޯ ސޮފްޓް އެކްސެލް) ބޭނުންކުރަން އެނގުން.
  • މޮނިޓަރިންގ މަޢުލޫމާތު ނަގަން އެގުމާއި ރިޕޯޓް ތައްޔާރުކުރެވޭ ފަދަ ފެންވަރުހުރުން
  • ގިނަވަގުތު މޫދުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
  • މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ގާބިލް ފަރާތަކަށްވުން. 

ކޮމިޔުނިޓީ މޮބިލައިޒޭޝަން އޮފިސަރ ކުރަންޖެހޭ މަސައްކަތްތަކަކީ:

  • މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓާއި ބަރަކަތުލް ބަހުރު ކުންފުނިން ދޭ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުން.
  • ހުއިފިލަނޑާ ކޮށިތައް އެޅުމުގައި އަމަލީގޮތުން ކޮށިތަކުގެ ވެރިފަރާތް ބައިވެރިވޭތޯ ބަލާ އަދި ކަނޑައެޅިފައިވާ މުއްދަތަށް ކޮށި އަޅާ ނިންމުމަށް ބާރުއެޅުވުން.
  • ހުއިފިލަނޑާ ބޮޑުކުރާ ކޮށިތަކުގެ ހާލަތު ބަލާ އަދި ކޮށީގެ ހާލަތާއި ބެހޭގޮތުން މަހަކު އެއްފަހަރު ތައްޔާރު ކުރަންޖެހޭ ރިޕޯރޓުތައް ތައްޔާރުކޮށް ހުށައެޅުން.
  • ކޮށްޓާ ހަވާލުވާ ފަރާތުން ލަނޑާއަށް ގަވާއިދުން ކާން ދޭތޯ އާއި ކޮށި ސާފު ކުރޭތޯއާއި ހުއި ފިލަނޑާ ބޮޑުކުރުމުގައި ކުރަންޖެހޭ އެހެން މަސައްކަތްތައް ކުރޭތޯ ބެލުމާއި މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ހޭދަކުރޭތޯ ބެލުން.
  • ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތުގެ ރިޕޯޓް އަދި މޮނީޓަރިން ރިޕޯރޓްތައް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ކޮންމެ މަހަކު ފޮނުވުން.
  • ކޮށީގެ ވެރިފަރާތް ތަކާއި ރަށު ކައުންސިލްއާއި އެކު މަހަކު އެއްފަހަރު ބައްދަލު ވުމެއް ބާއްވާ، ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަށް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް އަންގާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުން. 
20 ޖޫން 2018