ދިވެހިރާއްޖެ
ނަންބަރ:IUL)MMPRC/1/2018/32)
އިޢުލާން
އެކްސްޕޯޓް، އިމްޕޯޓް އެޖެންޓެއް ބޭނުންވެއްޖެ
މިކޯޕަރޭޝަންގެ ފަރާތުން ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ، ރޯޑް ޝޯ އަދި އެހެނިހެން އިވެންޓްތަކަށާއި ފަރާތްތަކަށް ފޮނުވާ
ޕްރޮމޯޝަނަލް މެޓީރިއަލްސް ފަދަ ތަކެތި އެއަރޕޯޓަށް ގެންދިއުމާއި ފޮނުވުން، އަދި ބޭރުގެ އެކި ފަރާތްތަކުން މިކޯޕަރޭޝަނަށް ފޮނުވާ
ތަކެތީގެ ކަސްޓަމް ކްލިއަރެންސްއާއި ގުޅޭ އެންމެހާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2018 ޖޫން 27 ވާ ބުދަ ދުވަހު ހެނދުނު 10:00 އަށް
މިކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖުލައި 04 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ
ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ
ވާހަކަ ދެންނެވީމެވެ.
06 ޝައްވާލް 1439
20 ޖޫން 2018