ދިވެހިރާއްޖެ
ބަނޑިދޫގައި ތަރައްޤީކުރާ ޕިކްނިކް އޭރިއާގައި 2 ފާޚާނާ އާއި ވޯކްވޭގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން.
މިރަށު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޕިކްނިކް އޭރިއާގައި 2 ފާޚާނާ އާއި ވޯލްކްވޭ ހެދުމަށް ކުރިއިޢުލާން (އިޢުލާން ނަންބަރ: (IUL)376/376/2018/11) އާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރީމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
ތަން: ދ. ބަނޑިދޫ ކައުންސިލްގެ އިދާރާ |
ތަން: ދ. ބަނޑިދޫ ކައުންސިލްގެ އިދާރާ |
04 ޖުލައި 2018 ވަނަ ދުވަހުގެ ހެނދުނު 11:30 ގައި |
12 ޖުލައި 2018 ވަނަ ދުވަހުގެ ހެނދުނު 11:30 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުވެނުލައްވާ ފަރާތްތަކާއި ގަޑިޖެހިގެން ޙާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީ އަކާއެކު ފޮނުވުމަށް ދަންނަވަމެވެ.
މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނޫ ނަންބަރ 18/2014 އަދި 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
ހުށަހެޅޭ އަންދާސީ ހިސާބުތައް އިވެލެއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނީ ހުށަހައަޅާ އަގަށް 80 ޕޮއިންޓް، މަސައްކަތުގެ ތަޖުރިބާއަށް 10 ޕޮއިންޓް އަދި މަސައްކަތުގެ މުއްދަތަށް 10 ޕޮއިންޓެވެ.
ތަޖުރިބާ ގޮތުގައި ބަލައި ގަނެވޭނީ، އިމާރާތްކުރުމާއި، ޢިމާރާތް މަރާމާތުކުރުން، ނުވަތަ ކާޕެންޓްރީ މަސައްކަތް ނުވަތަ ފިނިޝިން މަސައްކަތް ކޮށްފައިވާ ކަމުގެ ރަސްމީ ރެފަރެންސް ސިޓީ/ލިޔުން ފަދަ ތަކެތި ހުށަހެޅުމުން އެފަދަ މަސައްކަތްތައް އެކަންޏެވެ.
ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ.