ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)151-CSS/1 /2018/02
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 1159
ސުންގަޑި: 01 ޖުލައި 2018 0600
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
އެނަރޖީ އެފިޝެންސީ ސްޓޭންޑަޑްސް އެންޑް ލޭބަލިންގގެ އުސޫލު އެކުލަވާލުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ދިވެހިރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން ހަކަތަ ސަމަކާރަ (އެނަރޖީ އެފިޝަންޓް) ތަކެތި ފާހަގަކުރުމަށް "އެނަރޖީ އެފިޝެންސީ ސްޓޭންޑަޑްސް އެންޑް ލޭބަލިންގ" ޕްރޮގްރާމެއް ތައާރަފްކުރުމަށް މިއޮތޯރިޓީން މިގެންދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ބޭނުމަކީ ކަރަންޓު ސާމާނު ގަންނައިރު އެތަކެތި ބޫނުންކުރުމުގައި ހޭދަވާނެ ކަރަންޓުގެ މިންވަރު ދެނެގަނެ، ސަމަކާރަ ތަކެތި ޚިޔާރުކުރުމަށް މަގުފަހިކުރުމެވެ. މި ޕްރޮގްރާމްގައި ފުރަތަމަ އިސްކަންދޭނީ އެއަރ ކޮންޑިޝަނަރ، ރެފްރިޖިރޭޓަރ (އައިސް އަލަމާރި) އަދި ދޮންނަމެޝިނަށެވެ.

މިޕްރޮގްރާމް އެކުލަވާލުމަށް ރާއްޖެއަށް މިފަދަ ތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ބޭނުންވެއެވެ. އެހެންކަމުން ގޭތޭރޭގައި ބޭނުންކުރާ ކަރަންޓު ސާމާނު ރާއްޖެއަށް އެތެރެކޮށް ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން އޮގަސްޓް 2018 ގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވިމާ، މި މަޝްވަރާބައްދަލުވުމުގައި ބައިވެރިވުމަށް 30 ޖޫން 2018 ވާ ހޮނިހިރު ދުވަހުގެ 18:00 ގެ ކުރިން ތިރީގައިވާ ފޯމު ފުރުއްވުން އެދެމެވެ.

ފޯމުގެ ލިންކް: http://bit.do/enoXL

ނޯޓް: މި ބައްދަލުވުމުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ މި ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކެވެ. 

2018-06-20