ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީގެ ހިތަދޫ އަދި މަރަދޫ އަވަށު ފަތާ ސަރަހައްދުގައި ޗޭންޖިންގ ރޫމް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2018 ޖޫން 24 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2018 ޖޫން 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 ޖުލައި 02 ވާ ހޯމަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 ޖޫން 24 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 ޖުލައި 01 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 ޖުލައި 01 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
05 ޝައްވާލް 1439