މަސައްކަތް
ނަންބަރު: (IUL)267/267/2018/11
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 25 ޖޫން 2018 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުން.

އިޢުލާން

އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުން.

           

            ހދ. ކުމުންދޫ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުތާހިރުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                        ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖޫން 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޖުލައި 2018 ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            އަންދާސީހިސާބު ހުށަހަޅަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ "އަންދާސީހިސާބު ހުށަހަޅާ" ފޯމުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް ފޯމު ދޫކުރެވޭނެއެވެ.

            މި ބީލަމުގައި ބައިވެރިވެވޭނީ 2014/18 (ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅާންވާނެއެވެ. އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމުގައެވެ.

                        ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

19 ޖޫން 2018