ދިވެހިރާއްޖެ
ލ. އަތޮޅުގެ 21 ސްކޫލަކަށް ބޭނުންވާ ވޯޓަރ ޕިޔުރިފިކޭޝަން މެޝިން މިއިދާރާއިން ފޯރުކޮށްދޭ ސްޕެޝިފިކޭސަނާއި އެއްގޮތަށް ހޯދާ ސްކޫލްތަކުގައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިންކުރި ނަންބަރު (IUL)240-ADS/240/2018/7 (06 ޖޫން 2018) އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ އެންމެފަރާތަކުން ކަމުގައިވާތީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޖޫން 26 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޖުލައި 03 ވާ އަންގާރަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.
05 ޝައްވާލް 1439