ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2018/30
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 21 ޖޫން 2018 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިފުށި ވަޑިންގެ އެކުވެރި ޖަމުޢިއްޔާގެ ހިންގާ ކޮމެޓީގެ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލުން

އިޢުލާން

އަލިފުށި ވަޑިންގެ އެކުވެރި ޖަމުޢިއްޔާގެ ހިންގާ ކޮމެޓީގެ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވާލުން

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނަންބަރު: 10-D/298/2017/1 ސިޓީން މިކައުންސިލްގެ އިދާރާއަށް އިންތިޚާބާބެހޭ ކޮމެޓީގެ އިދާރީ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާތީ، އަލިފުށި ވަޑިންގެ އެކުވެރި ޖަމުޢިއްޔާގެ ހިންގާކޮމެޓީއަށް ތިރީގައި ދެންނެވިފައިވާ މަޤާމްތަކަށް ޖަމުއިއްޔާގެ މެމްބަރުންގެ ތެރެއިން ކުރިމަތިލުމުގެ ފުރުޟަތު ހުޅުވާލަމެވެ.

1-      ރައީސް 1 (އެކެއް)

2-      ނައިބް ރައީސް1 (އެކެއް)

3-      ސެކްރެޓަރީ 1 (އެކެއް)

4-      ނައިބް ސެކްރެޓަރީ 1 (އެކެއް)

5-      ޚަޒާންދާރު 1 (އެކެއް)

6-      ނައިބް ޚަޒާންދާރު 1 (އެކެއް)

7-      ކުޅިވަރު ސެކްރެޓަރީ 1 (އެކެއް)

8-      އިންތިޒާމް ސެކްރެޓަރީ 1 (އެކެއް)

9-      އިތުރު މެމްބަރު 5 (ފަހެތް)

ވީމާ، މިމަޤާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް 2018 ޖޫން 21 ވާ ބްރާސްފަތި ދުވަހުގެ 14:00ގެ ކުރިން ލިޔުމަކުން ހުށަހެޅުންވުން އެދެމެވެ.        

އަދި އާންމު ޖަލްސާ 2018 ޖޫން 22ވާ ހުކުރު ދުވަހު މެންދުރުފަހު 02:30ގައި އަލިފުށި ޕްރީސްކޫލްގައި އޮތްނާނެއެވެ.

މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

19 ޖޫން 2018