މަސައްކަތް
ނަންބަރު: GS-89/IUL/2018/26
ޕަބްލިޝްކުރި ތާރީޚް: 19 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 27 ޖޫން 2018 10:30
ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
• ސައިންސް ލެބު އަދި ގްރޭޑް 3 ގެ ހުޅަނގުފާރުން ފެންފައިބާތަން މަރާމާތު ކުރުމަށް ބޭނުންވެއްޖެ

  • ·       ސައިންސް ލެބު އަދި ގްރޭޑް 3 ގެ ހުޅަނގުފާރުން ފެންފައިބާތަން މަރާމާތު ކުރުމާއި ގުޅޭ:

މި ސްކޫލްގެ ނަންބަރު: GS-89/IUL/2018/24 ( 2018 ޖޫން 7 ) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެއިޢުލާން ބާތިލްކޮށް، މި ސްކޫލްގެ ސައިންސް ލެބު އަދި ގްރޭޑް 3 ގެ ކުލާހުގެ ހުޅަނގުފާރުގައި ރެނދުލައި ކުލާސްރޫމްތެރެއަށް ފެންފައިބަމުންދާތީ، މިކަން ހައްލުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފު ކުރުމާއި އަންދާސީ ހިސާބު ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނަ ދުވަހުގެ އެގަޑިއަށް ޙާޒިރުވެ ނުލައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ވެސް ތަމްސީލް ކުރެވޭނީ އެއްފަރާތެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި ހާޒިރުވާ ފަރާތްތަކުން އެކަންއެނގޭނޭ ލިޔުމެއް ގެންނެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6520535 ފޯނާއި ގުޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށައެޅުން

2018 ޖޫން 27 ވާ ބުދަދުވަހުގެ 10:30 އަށް.

2018 ޖުލައި 3 ވާ އަންގާރަ ދުވަހުގެ 10:30 އަށް.

ނޮޅިވަރަންފަރު ސްކޫލްގައި

ނޮޅިވަރަންފަރު ސްކޫލްގައި

19 ޖޫން 2018