ދިވެހިރާއްޖެ
ނަންބަރ: (IUL)270/INDIV/2018/23
އިޢުލާން |
" މަކުނުދޫ ކައުންސިލް ޗެލެންޖް ކަޕް 2018 "ގެ ނަމުގައި ފުޓްސަލް މުބާރަތެއް ބޭއްވުމަށް މިކައުންސިލުންވަނީ ނިންމަވާފައެވެ. ޒުވާނުންނަށް އަމާޒުކޮށްގެން މިއަހަރުގެ މުބާރާތް އައުޓްސޯސް ކޮށްގެން ކުރިއަށް ގެންދަން ފެންނަކަމަށް މެމްބަރުންގެ އިއްތިފާގުން ނިންމާފައިވެއެވެ.
ވީމާ " މަކުނުދޫ ކައުންސިލް ޗެލެންޖް ކަޕް 2018 "ގެ ނަމުގައި ފުޓްސަލް މުބާރަތެއް ހިންގަން ޝައުއުޤުވެރިވާ ފަރާތްތަކުން، މުބާރާތް ހިންގުމަށް ވެފައިވާ ތައްޔާރީތައް އެނގޭނޭގޮތަށް ޕްރޮޕޯސަލެއް މިކައުންސިލަށް ހުށައެޅުއްވުމަށް އެދެމެވެ. އަދި ހުށައަޅުއްވާ ޕްރޮޕޯސަލް 28 ޖޫން 2018 ގެ 13:00ގެ ކުރިން މި ކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
05 ޝައްވާލް 1439
19 ޖޫން 2018