ޢާންމު މަޢުލޫމާތު
ނަންބަރު: 113-F/I-2013/130
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2013
ޕަބްލިޝްކުރި ގަޑި: 16:23
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުދާ އުފުލާ ވެހިކަލްތައް ވަނުމަށާއި ކާރު ވަނުމުގެ ސްޓިކަރގެ ފީ އާބެހޭ
މާލޭ ނޯތުހާބަރުން ދޭ ޚިދުމަތްތަކުގެ ތެރެއިން، މުދާ އުފުލާ ވެހިކަލްތައް ވަނުމަށާއި ކާރު ވަނުމުގެ ސްޓިކަރގެ ފީއަށް 1 ޖަނަވަރީ 2014 އިން ފެށިގެން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ބަދަލުގެނައިވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
- ޕިކަޕް، ވޭން، ލޮރީ، ޓްރެކްޓަރ ފަދަ މުދާއުފުލާ ވެހިކަލްތައް ވަނުމުގެ ސްޓިކަރ ފީ (ޖީ.އެސް.ޓީ. ހިމަނައިގެން) ދުވާލަކަށް 11.00ރުފިޔާ
- ކާރު ވަނުމުގެ ސްޓިކަރ ފީ (ޖީ.އެސް.ޓީ. ހިމަނައިގެން) ދުވާލަކަށް 6.00ރުފިޔާ
9 ޞަފަރު 1435
12 ޑިސެންބަރު 2013