މަސައްކަތް
ނަންބަރު: (IUL)23-AP/23/2018/134
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 27 ޖޫން 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް ބްލޭޑް ސަރވަރއެއް ހޯދުމަށް

އިޢުލާން

 މިނިސްޓްރީ އޮފް ހެލްތަށް ބްލޭޑް ސަރވަރއެއް ހޯދުމަށް ބޭނުންވެގެން މެއި 13 2018 ގައި ކުރެވުނު ތިންވަނަ ނަންބަރު: (IUL)23-AP/23/2018/105 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުން މައުލޫމާތުގައި ދީފައިވާ މިނިމަމް ރިކުއަރމަންޓަށް އެއްވެސް އަންދާސީ ހިސާބެއް ނުފެތޭތީ އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 27 ޖޫން 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ޖުލައި 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު)އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

04 ޝައްވާލް 1439

18 ޖޫން 2018