މަސައްކަތް
ނަންބަރު: GS-26/IUL/2018/29
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 03 ޖުލައި 2018 00:00
ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

ކޮންޓްރެކްޓް އުސޫލުން އެއްއަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލުގެ ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26-IUL/2018/24 (31 މެއި 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެރިވާ ފަރާތްތަކުން 25 ޖޫން 2018 ވާ ހޯމަ ދުވަހު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 3 ޖުލައި 2018 ވާ އަންގާރަ ދުވަހު 10:00 އަށް އަންދާސީ ހިސާބު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

މި ސްކޫލަށް ބަލައިގަންނާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ގެންދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށް ވެސް އެއްފަރާތެއްގެ ނަމުގައެވެ.

4 ޝައްވާލް  1439

18 ޖޫން   2018         

18 ޖޫން 2018