ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VAH/J2-HP/2018/
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 25 ޖޫން 2018 13:00
ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވ. ތިނަަަަދޫ ޞިއްޙީމަރުކަޒަށް މަސައްކަތު މީހަކު ބޭނުންވެގެން

ވ. ތިނަދޫ ޞިއްޙީމަރުކަޒުގައި  މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހުންނެވެ.

މަޤާމު

މަސައްކަތު

މަޤާމުގެ ނަންބަރު

J-257183 

ބޭނުންވާ ޢަދަދު

01    (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް.1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާފް ގްރޭޑް 1

މަޤާމު އޮތް އޮފީސް

ވ. ތިނަދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ވ. ތިނަދޫ ޞިއްޙީމަރުކަޒު ، ވ. ތިނަދޫ   

މުސާރަ

-/3100  ( ތިންހާސް އެއްސަތޭކަ ރުފިޔާ )

ސަރވިސް އެލަވަންސް

-/1000 ( އެންހާސްރުފިޔާ  ) 

އެހެނިހެން އެލަވަންސް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ .

3.  ސަޕޯރޓިންގ ކޯ އެލަވަންސް  -/1200 ރ

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިނާޔަތްތަށް ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތުގެ މަތިން ރިސްކް އެލަވަންސް ފައިސާ.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

ހ. ޞިއްޙީމަރުކަޒުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހާ ފޮޅާ ސާފުކުރުން .

ށ. ޞިއްޙީމަރުކަޒުގައި ބޭނުންކުރާ ބެޑްޝީޓް ބާލީހުއުރަ ތުވާލި ފަދަ ތަކެތި ދޮވެ އިސްތިރިކުރުން

ނ. ފާޚާނާތައް ދޮވެ ސާފުކުރުން .

ރ. ފެންތާނގީތައް ސާފުކުރުމާއި ވަޅުދިޔަހިއްކުން .

ބ. ޞިއްޙީމަރުކަޒުފެ  ގޯތިތެރޭގައި ހައްދާ ގަސްތަކަށް ފެންދީ ބެލެހެއްޓުން .

ޅ. ގަސްތައްކޮށާ ފުރާޅު ސާފުކުރުން .

ކ. ރަށުގެ އެކިއޮފީސް ތަކަށާއި އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީ ފަދަތަކެތި ޙަވާލުކުރުން.

އ. މީގެ އިތުރުން އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމާއި އޮފީހުގެ އިދާރީ

   ބައިން އަންގާ ކަންތައްތައް ކުރުން .

މަޤާމުގެ ޝަރުޠުތައް

ލިޔަން ކިޔަން އެގުން.

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ ދައްވެގެން  ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް

ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް

ބަލައިގެނެވެ.

ހުށައަޅަންޖެހޭ ލިޔުންތައް

ހ. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.

ށ.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ނ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ރ. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

  މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު

  ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން .

 މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް.

ހ.ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ

ނަމަ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން .

ށ. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ  އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ  އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާއަދާކުރިމުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ  ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލެވޭނެ ކަންތައްތައް.

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން .

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން .

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް ވ. އަތޮޅު ހޮސްޕިޓަލް ، ތިނަދޫ ޞިއްޙީމަރުކަޒުން  އިން ލިބެން ހުންނާނެއެވެ. އަދި

ސިވިލް ސަރވިސްގެ www.csc.gov.mv ވެބްސައިޓުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ  25 ޖޫން  2018 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން ވ. އަތޮޅު އަތޮޅު ހޮސްޕިޓަލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ www.vaavuatollhospital@gmail.com އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމާށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ވ. އަތޮޅު ހޮސްޕިޓަލްގައި 2018 ޖޫން ން 28 ން 29 އާއި ދެމެދުގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ

ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން

މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ވ އަތޮޅު ހޮސްޕިޓަލްގެ 6700029 ނަންބަރު ފޯނަށެވެ.

އީމެއިލް އެޑްރެހަކީ www.vaavuatollhospital@gmail.com އެވެ.

 

14  ޖޫން   2018

30 ރަމަޟާން 1439

 

14 ޖޫން 2018