ދިވެހިރާއްޖެ
އިޢްލާން
މަޤާމް: އިކޮނޮމިކް ޑިވެލޮޕމެންޓް އޮފިސަރ
މަޤާމްގެ ނަންބަރު: J-227680
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް MS1
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ، ގްރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަން: އދ. ފެންފުށީ ކައުންސިލްގެ އިދާރާ
މުސާރަ: 5610.00 (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)
ސަރވިސް އެލަވަންސް: 2000.00 (ދެހާސް ރުފިޔާ)
އެހެނިހެން އެލަވަންސް: 1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ހިދުމަތް
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
3. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
4. ސަޕޯޓިން ކޯ އެލަވަންސް 2 މަހަކު 700.00 (ހަތްސަތޭކަ ރުފިޔާ)
މަޤާމުގެ މަޞްއޫލިއްޔަތުތަކާއި ވާޖިބުތައް: 1. ރަށުކައުންސިލްގެ ނަމުގައި ހިންގާ ވިޔަފާރިތައް އިންތިޒާމްކޮށް ބެލެހެއްޓުން
2. ރަށު ރައްޔިތުންގެ މާލިއްޔަތާބެހޭ އެންމެހާ ވަޞީލަތްތައް ބެލެހެއްޓުން
3. ކައުންސިލްގެ ނަމުގައި ހޯދާ އެންމެހާ މުދާ ބެލެހެއްޓުން
4. ކައުންސިލަށް އާމްދަނީ ލިބޭނެ ވަޞީލަތްތައް ޤާއިމްކުރުމާއި އެފަދަ ވަޞީލަތްތައް ބެލެހެއްޓުން
5. ކައުންސިލްގެނަމުގައިމާލީ އިދާރާތަކުން ނަގަންޖެހޭ ލޯނުތައް ނެގުމަށް ބޭނުންވާ މަސައްކަތްތައް
ކުރުން
6. ރަށުގެ ފަރާއި ފަޅުފަދަ ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ރަށުގެ އިޣްތިޞާދު ކުރި
އެރުވުމަށް މަސައްކަތްކުރުން
މަޤާމުގެ ޝަރުތުތައް: މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ބިޒްނަސް
މެނޭޖްމަންޓް، ނުވަތަ އިކޮނޮމިކްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު
ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށްއެދޭ ފޯމު (މިފޯމް ސިވިލްސާވިސްކޮމިޝަންގެ
ވެބްސައިޓުން އަދި އދ. ފެންފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ
ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
4. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން
ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް،
ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅަފައިވާ، ރާއްޖެއިން ބޭރުގެ
މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕޓްގެ ކޮޕީ،
ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެ
ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީތައުލީމްދޭ، ރާއްޖޭގެމަރުކަޒުތަކުންދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕޓް
ގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6 ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެތުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެވަޒީފާ އަށްވަނުމަށްދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ
އެ ސެޓްފިކެޓްގެ ކޮޕީ
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ވަޒީފާ އަދާ
ކޮށްފައިވާނަމަ، އަދާކޮށްފައިވާވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަޞްއޫލިއްޔަތު ބަޔާންކޮށް
އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ
ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަޞްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ
މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް
އަންގައިދޭ ރެފަރެންސް ޗެކު ފޯމް
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް 1. ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތައުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ
ހޮވުމަށް ބެލެވޭނެ ކަންތައްތައް ތަމްރީން) %40
2. އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) %5
3. މަޤާމުގެ މަސައްކަތު ދާއިރާ އާގުޅޭ ތަޖުރިބާ
4. ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަވިއު / ޕްރެކްޓިކަލްސް) %40
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 26 ވާ އަންގާރަދުވަހުގެ 13:00 ގެ
ކުރިން، އދ. ފެންފުށީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާ އަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް
[email protected] އަދި ފެކްސް 6680889 މެދުވެރިކޮށްވެސް ބަލައިގަނެވޭނެ
އެވެ. އަދި އިޢުލާންގެ ސުންގަޑިހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފި
ނަމަ، އެކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: މިމަޤާމަށް މީހަކު ހޮވުމަށްބޭއްވޭ އިންޓަރވިއު އޮންނާނީ 27 ޖޫން 2018 އާއި 01 ޖުލައި 2018
އާއި ދެމެދު އދ. ފެންފުށީ ކައުންސިލްގެ އިދާރާގައެވެ.
ޝޯޓް ލިސްޓް ކުރުން މިވަޒީފާއަށްއެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް
ކުރިމަތިލާފައިވާފަރާތްތަކުގެތެރެއިން އެންމެމަތިން މާކްސް ލިބޭފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680539 ނަންބަރު ފޯނަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6680889 އެވެ. އި މެއިލް ކުރާނީ [email protected] އަށެވެ.
30 ރަމަޟާން 1439
14 ޖޫން 2018