ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)452-NNCD/23/2013/01
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2013
ޕަބްލިޝްކުރި ގަޑި: 16:02
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ކަނޑައެޅޭ ތަންތަނަށް ދެވޭ ހުއްދަ އާކުރުމާގުޅޭ
މިހާތަނަށް ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ތެރެއިން 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް މުއްދަތު ހަމަވާ ފަރާތްތަކުން ހުއްދަ އާކުރެއްވުމަށް ހަނދުމަފުޅުކޮށް އެރުވީމެވެ. މިހެން މިދެންނެވީ 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުންފެށިގެން 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް، އެފަރާތްތަކަށް ދޫކުރެވިފައިވާ ހުއްދައިގެ މުއްދަތު ހަމަވާނެތީއެވެ. މި ގޮތަށް މުއްދަތު ހަމަވެފައިވާނަމަ އެތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ.
09 ޞަފަރު 1435
12 ޑިސެންބަރު 2013