ދިވެހިރާއްޖެ
ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުމާއި ބަޖެޓު އެޕް އަދި ވެބްސައިޓް އަޕްގްރޭޑްކުރުން
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު
ބަޖެޓު އިންފޯގްރަފީ ތައްޔާރުކުރުމާއި ބަޖެޓު އެޕް އަދި ވެބްސައިޓް އަޕްގްރޭޑްކުރުމަށް މި މިނިސްޓްރީން ކުރެވުނު ނަންބަރު (IUL)13-E/13/2018/108 (22 މޭ 2018) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާޠިލުކޮށް މި މަސައްކަތަށް އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ބަޖެޓުގައިވާ މައުލޫމާތު މި މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ފަހުމްވާގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި 2019 ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށާއި ބަޖެޓު ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަންގެ ޑިޒައިން އިންފޯގްރަފީއާ ގުޅޭގޮތަށް ބަދަލުކުރުމަށް ބޭނުންވެއެވެ. މީގެ އިތުރުން ދައުލަތުގެ ޚަރަދާއި ލިބޭ އާމްދަނީގެ ތަފުސީލު ރައްޔިތުންނަށް ގަވާއިދުން ފޯރުކޮށްދިނުމަށްޓަކައި ބަޖެޓު ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަނަށް އިތުރު ފީޗަރސް ހިމެނުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އަރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 19 ޖޫން 2018 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީގެ 6ވަނަ ފްލޯރ މީޓިންގ ރޫމަށް ވަޑައިގެން ޓީ.އޯ.އަރގައިވާ ލިޔުންތަކާއެކު ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި އިލެކްޓްރޯނިކް ފޯމެޓަށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ފިސްކަލް އެފެއަރޒް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349445
އީމެއިލް އެޑްރެސް: [email protected]