ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)165/1/2018/02
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 26 ޖޫން 2018 13:30
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު(IUL)165/1/2018/02

ތާރީޚު:  13 ޖޫން 2018

 

މަޤާމް:             އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަމްބަރު:            J122276

ބޭނުންވާ ޢަދަދު:             01

މަޤާމްގެ ގިންތި:             ދާއިމީ

މަޤާމްގެ ރޭންކް:             GS3

ކްލެސިފިކޭޝަން:             އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭތަން:        ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް

މުސާރަ:                    -/4465ރ

ސަރވިސް އެލަވަންސް:          -/1500ރ

އެހެނިހެން އެލަވަންސް:           -/700ރ

 

މަޤާމްގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް:

 

ސަރުކާރުގެ އޮފީސް ތަކާއި އާއްމު ފަރާތްތަކުން އޮފީހަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ކަންތައް ކުރުން.

އޮޕަރޭޓިންގ ލައިސަންސް ދޫކުރެވިފައިވާ ފަރާތްތަކުން ލިބެންޖެހޭ ފައިސާ ތައް ޤަވާއިދުން ލިބޭތޯބަލާ ނުލިބޭ ފައިސާ އެއް ވާނަމަ އެ ފައިސާ ހޯދުމަށް މަސައްކަތް ކުރުން.

އޮތޯރިޓީގެ ލިބޭ ހުރިހާ ފައިސާ އެއް ދުވަހުންދުވަހަށް އެކައުންޓަށް ޖަމާކުރުން.

އޮފީހުގެ ލިޔެކިއުމުގެ ސްޓޮކުން ތަކެތި ދޫކުރުމާއި ބާކީކޮށް ބެލެހެއްޓުން.

އެކި ފަރާތްތަކަށް ފޮނުވާ ބިލް ތަކުގެ ތެރެއިން މުއްދަތު ހަމަވެފައިހުންނަ ބިލް ތައް ބަލާ އެފަރާތްތަކާއި ގުޅައިގެން މި ފައިސާ ހޯދުން.

އޮތޯރިޓީ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި 1 މަސް ވެފައިހުންނަ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.

އާމްދަނީ އާއި ގުޅޭގޮތުން ސަރުކާރުގެ އޮފީސް ތަކަށް ފޮނުވަންޖެހޭ ރިޕޯޓް ތައްޔާރު ކުރުން.

އާމްދަނީ ފައިސާގެ ތިޖޫރީ ފޮތް ބަލަހައްޓާ ރިޕޯރޓް ތައްޔާރު ކުރުމާއި ބަޖެޓް ބައިގެ ރިޕޯރޓް ޗެކް ކުރުން.

 

 

 

 

މަޤާމްގެ ޝަރުތު:       

1-      ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިއުންތައް:

 

1-      ފުރިހަމަކޮށްފައިވާސިވިލް ސަރވިސްގެ ވަޒީފާށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2-      ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު: (ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހިރައްޔިޔެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމް އަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާ އިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިއުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސަރޓިފިކެޓް ތަކުގެ ކޮޕީ:

ހ- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަންޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 

ށ-މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމުގެ ކޮޕީ.

 

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 

7-      ސިވިލް ސަރވިސް ވަޒީފާ އަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ.

8-      މަސައްކަތުގެ ތަޖްރިބާގެ ލިޔުނަތަކުގެ ކޮޕީ:

ހ- ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހިކުން ދޫކޮށްފައިވާ ލިޔުން.

 

 

 

 

ށ- އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ  އަދާކުރި މުއްދަތާ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

 

ހ- ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން އަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖްރިބާ އަށް ބަލައިގެން.

ނ- ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން.

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.cam.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26  ޖޫން 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީ އަށެވެ.  ވަޒީފާ އަށް އެދޭ ފޯމާއި ލިއުންތައް  އީ-މެއިލް މެދުވެރިކޮށް ވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަމްބަރ: 3320000  އެޕްލިކޭޝަން ފޯމް އާއިއެކު ހުރިހާ  ލިއުންތައްހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ތައް ބާތިލް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 04 – 09 ޖުލައި 2018 އާއި ދެމެދު މި އޮތޯރިޓީ ގައެވެ. ވީމާ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން އިންޓަރވިއު އަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލީފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް

މިއިޢުލާން ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތަކުން މި އޮތޯރިޓީގެ 3030300 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

 

 

 

13 ޖޫން 2018