|
މަގާމު:
|
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
ބޭނުންވާ އަދަދު:
|
02 (ދޭއް)
|
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް (01 އަހަރު)
|
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
މަސައްކަތު ގަޑި:
|
ހއ.ފިއްލަދޫ ޒުވާނުންގެ މަރުކަޒު.
15:30 ން :0018 އަށް، 20:00 ން 23:30 ށް
|
|
މުސާރަ:
|
މަހަކު 3565.00 ރުފިޔާ
|
|
ސަރވިސް އެލަވަންސް:
|
މަހަކު 1500.00 ރުފިޔާ
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:
|
- ޒުވާނުންގެ މަރުކަޒު ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވުން.
- އަހަރު ފެށުމުގެ ކުރިން މަރުކަޒުގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު އެއްކުރުން އަދި ޕްރޮގްރާމްތައް ހިންގުމަށް ކަނޑައެޅިފައިވާ ތާރީޙްތަކާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން.
- މަރުކަޒުގައި އިޖްތިމާޢީ، ޘަގާފީ، އާޓް އަދި މުނިފޫހިފިލުވުމުގެ އެންމެހައި ކަންތައްތަކާއި ގުޅޭ ޕްރޮގްރާމްތައް ހިންގުމުގެ އިންތިޒާމް ހަމަޖައްސައި އެ ޕްރޮގްރާމްތައް ހިންގުން.
- މަރުކަޒަކީ ޒުވާނުންނަށާއި ރަށްޓެހި ތަނަކަށް ހެދުމަށް މަސައްކަތް ކުރުން.
- ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ސާމާނާއި ވަޞީލަތްތައް ހަމައަށް ހުރިތޯ ބެލުމާއި، އެތަކެތީގެ ޙާލަތު ބެލުން.
- ޒުވާނުންގެ މަރުކަޒު ގިނަ ޒުވާނުންނަށް ތަޢާރަފްކޮށްދިނުމާއި ތަނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް މަގު ދައްކައިދިނުން.
- މަރުކަޒުގައިވާ ތަކެއްޗާއި ތަންތަނުގެ ޙާލަތު ބަޔާންކޮށް ޤަވާއިދުން ޔުނިޓްގެ އިސްވެރިންނަށް ރިޕޯޓް ކުރުން.
- މަރުކަޒުގެ ޙާޞިރީ ބެލެހެއްޓުމާއި މަހަކު އެއްފަހަރު ޙާޞިރީ ރިޕޯޓް މިނިސްޓްީއަށް އަދި ކައުންސިލަށް ފޮނުވުން.
- ކޮންމެ މަހަކު އެމަހެއްގެ މަންްތްލީ ރިޕޯޓް އަދި އަހަރަކު އެއްފަހަރު ހަދަންޖެހޭ އަހަރީ ރިޕޯޓް ނިންމުމަށްފަހު މިނިސްޓްރީއަށް އަދި ކައުންސިލަށް ފޮނުވުން.
- ކައުންސިލްތަކާއެކު ގުޅުން ދަމަހައްޓާ އެފަރާތައް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުން.
- އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.
- ފައިލްކުރަންޖެހޭ ތަކެތި ދުވަހުން ދުވަަހަށް ފައިލްކޮށްފައިވޭތޯ ބެލުން.
- ކޮންމެ ދުވަހެއްގެ ޔައުމިއްޔާ ޤަވާއިދުން ނިންމާ މަރުކަޒަށް އަންނަ ސިޓީތައް އެންޓްރީ ކޮށްފައިވޭތޯ ބެލުން.
- ތަނުގެ އިންވެންޓްރީ ޤަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދިއުން.
- މަރުކަޒުގެ ބަޖެޓް ކަންތައްތައް ބަލަހައްޓައި، ކައުންސިލާ ގުޅިގެން ބަޖެޓްގެ ބާކީ ބެލެހެއެްޓުމާއި ބިލްތައް ޤަވާއިދުން އެންޓްރީ ކުރުމަށްފަހު ބިލްތަކަށް ފައިސާ ދެއްކުމަށް ކައުންސިލަށް ހުށަހެޅުން.
- މަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތަފާސް ހިސާބުތައް ބެލެހެއްޓުން.
- ކްލަބް ޖަމްއިއްޔާތަކަށް ހިންގާ ޕްރޮގްރާމްތަަކަށް އެހީތެރިކަން ފޯރުކޮށް ދިނުން.
- ވަޒީއަށް ބޭނުންވާ ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމުގެ މަސައްކަތް ޔޫތު ސެކްޝަނާއި ގުޅިގެން ކުރިއަށް ގެންދިޔުން.
- ރަށުގައި ވަޒީފާ އަދާ ނުކުރާ ޒުވާނުން ދަނެގަނެ އެފަރާތްތަކުގެ މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ތަނުގެ މެއިންޓަނަންސް ބެލެހެއްޓުން.
|
|
|
މަޤާމުގެ ޝަރުތުތައް:
|
1- މެނޭޖްމެންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ސްޕޯޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
2- ސާނަވަތީ ތައުލީމު ފުރިހަމަކޮށްފައިވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ޤާނޫނުތަކާއި ޤަވާއިދުތަކަށް އަޙުލުވެރިވެފައިވާ މިންވަރު.
- ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ(www.youth.gov.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި އިދާރާގެ www.youth.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޖޫން 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް([email protected]) އަދި ފެކްސް މެދުވެރިކޮށްވެސް ) 3327162 ) ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 ޖޫން 2018 އާއި 30 ޖޫން 2018 އާ ދެމެދު، ގައެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އީ-މެއިލް ކުރާނީ hr@youth.gov.mv އަށެވެ.
|