ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދިނުމާބެހޭ
މިރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިން ( އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ ) ތަރައްޤީކުރުމަށް ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ބިން ތަރައްޤީ ކުރުމަށް ކުށްޔަށްހިފުމަށް އެދޭ ފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ބިންތަރައްޤީކުރުމަށްއެދޭ ފޯރމް ވިއްކުން ( ބިންތަރައްޤީކުރުމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް ) |
20 ޖޫން 2018 އިން 28 ޖޫން 2018 އަށް |
ރަސްމީކޮންމެ ދުވަހެއްގެ 10:30ފެށިގެން 13:00 އަށް |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ޕްރީބިޑް މީޓިންގ |
1 ޖުލައި 2018 އާދިއްތަ |
13:30 ގައި |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބިޑްފޯމް ހުށަހެޅުން (ބިންތަރައްޤީކުރުމަށް އެދޭފޯރމް ހުށަހެޅުން ) |
9 ޖުލައި 2018 |
12:00 އަށް |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
" ކުލީބިމަށް އެދޭފޯމް " ވިއްކާއަގަކީ -/500ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ.ބިޑްގަންނަން ލިބޭނީ ކައުންސިލުން ދޫކުރާ ބިޑްފޯމް ގަތުމަށްއެދޭ ފޯމްފުރިހަމަކޮށް ހުށަހެޅުއްވުމުންނެވެ.
ފޯމް ހުށަހެޅުއްމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯރމްތަކާއި، ބިޑްފޯމް ގަންނަ ފަރާތް ނޫން އެހެން ފަރާތްތަކުން ހުށަހަޅާ ފޯމްތައްބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.