ދިވެހިރާއްޖެ
ނަންބަރ: A)DC-2018/92)
އިޢުލާނު
ބާރކޯޑް ލޭބަލް ޕްރިންޓަރ އަދި ލޭބަލް ސްޓިކަރ ރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
- މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބާރކޯޑް ލޭބަލް ޕްރިންޓަރ އަދި ލޭބަލް ސްޓިކަރ ރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (A)DC-2018/85 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް ބީލަން ހުށަހަޅާފައި ނުވާތީވެ، މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
38/2018/G-006 |
ބާރކޯޑް ލޭބަލް ޕްރިންޓަރ އަދި ލޭބަލް ސްޓިކަރ ރޯލް ސަޕްލައިކުރުން |
2. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2018 ޖޫން 20 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
3. ބީލަން ހުޅުވުން އޮންނާނީ 2018 ޖޫން 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
28 ރަމަޟާން 1439