ދިވެހިރާއްޖެ
މަޤާމް :އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް |
ބޭނުންވާ އަދަދު :05 |
އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓާރންޝިޕް ޕްރޮގްރާމް
މެޑިކަލް އިންޓާރންޝިޕް ހެދުމުގެ ފުރުސަތު 11 ޖަނަވަރީ 2018 އިން ފެށިގެން އައި.ޖީ.އެމް.އެޗް ގައި ވަނީ ރަސްމީކޮށް ފެށިފައެވެ. މިގޮތުން މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ ދެވަނަ އިންޓޭކްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 12 ޖޫން 2018 އިން ފެށިގެން 03 ޖުލައި 2018 ވަނަ ދުވަހުގެ 23:59 ނިޔަލަށް ހުޅުވާލެވިގެން ދާނެއެވެ. އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ 05 ފަރާތަކަށެވެ.
އިންޓާރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:
އެމް.ބީ.ބީ.އެސް ފުރިހަމަކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކުރައްވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮރ އިންޓާރންޝިޕް" ސެޓްފިކެޓް ލިބިފައިވުން.
ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- މެޑިކަލް އަންޑަރގްރެޖުއޭޓް ކޮމްޕްލީޝަން ޑޮކިއުމަންޓް.
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދީފައިވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮރ އިންޓާރންޝިޕް ސެޓްފިކެޓް"
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑު / ޕާސް ޕޯޓް ކޮޕީ.
- ޕޮލިސް ކްލިއަރެންސް
- ޕާސްޕޯޓް ސައިޒް ފޮޓޯ
އިންޓާރންޝިޕްއަށް އެދި ހުށަހަޅާ ފޯމް:
މެޑިކަލް އިންޓަރންޝިޕަށް އެދިލައްވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުމުން އެޕްލިކޭޝަން ފޯމް މެއިލް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށް މެޑިކަލް އިންޓަރންޝިޕް އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.
މެޑިކަލް އިންޓާރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް މަތީގައި ދެންނެވުނު ހުރިހާ ލިޔެކިޔުންތަކާއި އެކު ހުށަހަޅާނީ އައި ޖީ އެމް އެޗް މެޑިކަލް އިންޓަރންޝިޕް ސެކްރެޓޭރިއެޓް އޮފީހުގެ މެއިލް [email protected] އަށެވެ. އިންޓާންޝިޕްއަށް ކުދިން ހޮވުމުގައި އިސްކަން ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335191 ، 3335152 ފޯން ނަންބަރަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ރަމަޟާން 1439
12 ޖޫން 2018