ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-PIS/1/2018/203
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 18 ޖޫން 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ނޫސް ބަޔާން

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އުސްފަސްގަނޑާއި، ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާއި ހަމަޔަށްވާ ސަރަޙައްދު ވަނީ ޓެމްޕޮރަރީ ސައިޓްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދެވިފައެވެ. އެގޮތުން މަޝްރޫޢުގެ މަސައްކަތް ކުރުމުގައި މާލޭ އިރުމަތީފަރާތު ކަނޑުތޮށިން ފެށިގެން ހުޅުލެއާއި ދެމެދު ކަނޑުގެ ސަރަޙައްދުގައި ބޮޑެތި ބޯޓު އަދި އެހެނިހެން ބަރު އާލާތްތައް ދަނީ ބޭނުންކުރެވެމުންނެވެ. އެހެންކަމުން ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަޙައްދުގެ މޫދަށް އެރި އުޅުމަކީ ރައްކާތެރި ނޫންކަމެއް ކަމުގައި ފެންނާތީ އާއި އެސަރަޙައްދަށް މޫދަށް އެރިއުޅުމުގެ ތެރޭގައި ލިބިދާނެ ބޮޑެތި ގެއްލުމަކުން ރައްކާތެރިކުރުމަށް ޓަކައި 3 މާރިޗް 2016 އިން ފެށިގެން މަޝްރޫޢުގެ މަސައްކަތް ނިމެންދެން އެސަރަޙައްދުގެ މޫދަށް އެރިއުޅުން ވާނީ މަނާކުރެވިފައިވާ ކަމުގައި މިމިނިސްޓްރީގެ ނަމްބަރު (IUL)138-PIS1/1/2016/42 (3 މާރިޗު 2016) އިޢުލާން އިން ވަނީ އާންމުކޮށް އަންގާ އިއުލާން ކުރެވިފައެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މި ސަރަޙައްދުގައި މޫދަށް އެރިއުޅޭކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިގޮތުން، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢުގެ ދަށުން ތައްޔާރުކުރެވިފައިވާ ވަގުތީ ބްރިޖު ނެގުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާތީ، މި ސަރަޙައްދުގައި މޫދަށް އެރި އުޅުމަކީ ރައްކާތެރި ނޫން ކަމެއް ކަމުގައި ފެންނާތީ، ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި މި ސަރަޙައްދުގައި މޫދަށް އެރި އުޅުމަކީ މަނާކަމެއް ކަމުގައި އަންގާ އިޢުލާން ކުރަމެވެ. އަދި މިއާއި ޚިލާފަށް މިސަރަހައްދުގެ މޫދަށް އެރި އުޅޭ ފަރާތްތަކާއި މެދު އެއޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

11 ޖޫން 2018