ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
އަށް ހަވާލާދީ ދައްނަވަމެވެ. MWSC-A/7/ADV/2017/064މިކުންފުނީގެ އިޢުލާން ނަންބަރު
މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ކޮންޓެއިނަރ އެއް ހޯދުމަށްކުރި އިޢުލާން ނަންބަރު: MWSC-A/7/ADV/2017/064 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، ބަޔާންކުރެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެެ.
ވީމާ' ތިރީގައި ތަފްސީލްކުރެވިފައިވާ ތަކެތި ފޯރުކޮށްދޭން ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް އަލުން އަގު ހުށަހެޅުމަށް ހުޅުވާލަމެވެ.
No. |
Description |
Qty |
UoM |
1 |
Container 40’ |
01 |
Nos |
ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތު؛
- އަގު: ހުށަހަޅާ އަގު ވާންވާނީ މިކުންފުނީގެ ހުޅުމާލެ ސައިޓަށް މިތަކެތެ ފޯރުކޮށްދެވޭނެ އަގަށެވެ. ކޯޓޭޝަނެއްގައި ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަން ވާނެއެވެ.
- ފޯރުކޮއްދެވޭނެ މުއްދަތު: ކޯޓޭޝަންގައި ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު ބަޔާން ކުރަންވާނެއެވެ.
- ޓެކްނިކަލް މަޢުލޫމާތު: އައިޓަމްތައް އިވެލުއޭޓްކުރުމަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މަޢުލޫމާތު ހިމަނަންވާނެއެވެ.
- ކޯޓޭޝަންގެ މުއްދަތު: ކޯޓޭޝަންގައިވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
- ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެވޭނެ ފަރާތެއްގެ ނަން، މަގާމް އަދި ގުޅޭނެ ފޯން ނަންބަރު ހިމަނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުން:
މިތަކެތި ސަޕްލައިކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 13 ޖޫން 2018 ވާ ބުދަ ދުވަހުގެ 10:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް (ފެން ބިލްޑިންގ ފަސްވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ.
ކޯޓޭޝަން ހުޅުވުން:
ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 19 ޖޫން 2018 ވާ އަންގާރަ ދުވަހު 11:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް (ފެން ބިލްޑިންގ ފަސްވަނަ ފަންގިފިލާ) ގައި، ކޯޓޭޝަން ހުށްހަޅުއްވާ ފަރާތްތްކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަނެއް ބާތިލްކުރެވޭނެއެވެ.
ކޯޓޭޝަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
މާލޭ ވޯޓައ އެންޑް ސުވަރޭޖް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް
"ސަޕްލައި އޮފް ކޮންޓެއިނަރ"
ވީމާ، މިތަކެތި ސަޕްލައިކޮއްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 13 ޖޫން 2018 ވާ ބުދަ ދުވަހުގެ 10:00 ގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހެޑްއޮފީސް އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 19 ޖޫން 2018 ވާ އަންގާރަ ދުވަހު 11:00 އަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް