ދިވެހިރާއްޖެ
ނަންބަރު:IUL)MMPRC/1/2018/31)
އިޢުލާން
"ވިސިޓް މޯލްޑިވްސް ފޮޓޯގްރަފީ އެމްބެސެޑަރސް" ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާތީ، ވިސިޓް މޯލްޑިވްސް ފޮޓޯގްރަފީ
އެމްބެސެޑަރަކަށްވުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު ނަންބަރު:IUL)MMPRC/1/2018/27) ގުޅިގެން އެކަށީގެންވާ އަދަދަށް ޕްރޮޕޯސަލް
ހުށައަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2018 ޖޫން 18ވާ ހޯމަ ދުވަހުގެ 13:00ށް ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި
ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖޫން 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޕަރޭޝަނަށް
ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަނެވޭ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު
ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ޝީޓް ތިރީގައިމިވާ ލިންކުން ލިބިވަޑައިގަންނަވާނެވެ.
https://visitmaldives.com/mmprc-photography-ambassador-application-submission-selection-criteria/
27 ރަމަޟާން 1439
11 ޖޫން 2018