ކުއްޔަށް ދިނުން
ނަންބަރު: (IUL)412/412/2018/11
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 21 ޖޫން 2018 00:14
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮނޑޭ ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުން.

އިޢުލާން

                                                 ނަންބަރު: IUL)412/412/2018/11) 

ކޮނޑޭއިން ބިންކުއްޔަށް ދޫކުރުން:

     ކޮނޑޭ ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރި ކުރުމަށް 10 ދިހަ އަހަރު ދުވަހުގެ މުއްދަތައް 1 (އެކެއް) ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

     މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ގަތުމުގެ ފުރުޞަތު 2018 ޖޫން 21 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމާއި، ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ބިޑް ޑޮކިއުމެންޓްގެ އަގު ދެއްކެވުމުން ބިޑް ޑޮކިއުމެންޓް ދޫކުރެވޭނެއެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ ދިވެހިރައްޔިތެއް ނަމަ 100 (ސަތޭކަ ރުފިޔާ) އެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތެއްނަމަ 100 (ސަތޭކަ ޔޫ.އެސް ޑޮލަރ)އެވެ. އަދި މިބިން ކުއްޔަށް ނެގުމަށް ބިޑް ޑޮކިއުމެންޓް ގަންނަ ފަރާތްތަކަށް ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 2018 ޖޫން 24 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ. އަދި ބިޑް ހުށަހަޅަންޖެހޭ ތާރީޚަކީ 2018 ޖުލައި 04 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށެވެ.

     ވީމާ، ކޮނޑޭ ބަނދަރު ސަރަޙައްދުން ތެލުގެ ވިޔަފާރި ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބިން ކުއްޔަށް ނެގުމުގެ ފުރުޞަތު ހުޅުވާލަމެވެ.

      27 ރަމަޟާން  1439

      11   ޖޫން  2018

 

11 ޖޫން 2018