ދިވެހިރާއްޖެ
އިޢުލާނު
އިޤްތިޞާދީ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން ކުއްޔަށް ބިން ދޫކުރުން.
ނިލަންދޫގެ ބިނާވެށި ޕްލޭންގައި އެކަށައަޅައި ފާސްވެފައިވާ ބިމުގެ ބަޖެޓުގައި ހިމެނޭ ބައެއް ބިންތައް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ އެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން މިފަހަރު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަކީ:
01- ޢާއްމު ވިޔަފާރި ކުރުމަށް 03 ބިން (1500 އަކަފޫޓޫގެ)
02- ވަޑާންގެ ވޯކްޝޮޕް ހެދުމަށް 06 ބިން (1200 އަކަ ފޫޓުގެ)
03- ލަކުޑި، ދަގަނޑު، ޓިނު ރައްކާކުރާ ގުދަން ހެދުމަށް 10 ބިން (1200 އަކަފޫޓޫގެ)
04- ސިމެންތި، ހިލަ، ހިލަވެލި ރައްކާކުރާ ގުދަން ހެދުމަށް 10 ބިން (1200 އަކަފޫޓޫގެ)
05- ގަރާޖް ހެދުމަށް 07 ބިން (600 އަކަފޫޓުގެ)
ވީމާ، ބިން ހޯއްދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 25 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 ޖުލައި 02 ވަނަ ދުވަހުގެ 11:00 އަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ފޯމުގައެވެ. ބިޑް ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 15 (ފަނަރަ) ލާރިއެވެ.
ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި ބިޑް ހުށަހަޅުއްވަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބިޑް އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބޭނުންފުޅުވާ ބިމުގެ ބޭނުން ތަފްޞީލްކޮށް ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
18 ރަމަޟާން 1439
10 ޖޫން 2018
މުޙައްމަދު ޖަލީލު
ފ. ނިލަންދޫ ކައުންސިލްގެ ރައީސް