ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2018/43
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 10 ޖުލައި 2018 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންމަފުށި ކައުންސިލްގެ ފަރާތުން ރައްޔިތަކު ޙައްޖަށް ފޮނުވުމާއި ބެހޭ

ހިންމަފުށީ ކައުންސިލްގެ ފަރާތުން ރައްޔިތަކު ޙައްޖަށް ފޮނުވުމާއިބެހޭ

 

      ވޭތުވެ ދިޔަ 1438 އަހަރެކޭ އެއްފަދައިން މި އަހަރުވެސް ރައްޔިތަކު ހައްޖަށް ފޮނުވުމަށްޓަކައި މިހާތަނަށް ކުރެވުނު މަސައްކަތުން ކޯޓާ މި ކައުންސިލަށް ހަމަޖެހިފައެއް ނުވެއެވެ.

      އެހެން ނަމަވެސް ކައުންސިލްގެ ޚަރަދުގައި ރައްޔިތަކު ހައްޖަށްފޮނުވުމަކީ ކައުންސިލުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމަކަށްވާތީ، މި އިޢުލާން އާއިއެކުވާ އުޞޫލަށް ޝަރުތު ހަމަވާ ފަރާތްތަކުން" "ހައްޖަށް ދިއުމަށް އެދޭ ފޯމް" ފުރިހަމަކުރައްވާ 10 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުންއެދެމެވެ.

      ޙައްޖަށް ފޮނުވާ ފަރާތް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ،ޚާއްޞަ ކޮމިޓީއަކުން ޝަރުތު ހަމަވާ ފަރާތްތަކަށް ބަލާ ޤުރުޢަތުންނެވެ.

      އަދި ޤުރުއަތުން ހޮވޭ ފަރާތް މި އަހަރު ކޯޓާނުލިބިގެން ނުފޮނުވެވިއްޖެނަމަ އަންނަ އަހަރު ފޮނުވައިދޭގޮތަށް ހަމަޖައްސަވައި ދެވޭނެއެވެ.

      މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

10 ޖޫން 2018