ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2018/201
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 18 ޖޫން 2018 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލުން

މި މިނިސްޓްރީއިން ކުރިޔަށް ގެންދަމުންދާ މަގުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގައި ހިމެނޭ ތާރު އެޅުމުގެ މަސައްކަތަކަށް ބެނުންވާ އެންވަރަމަންޓަލް ކޮންސަލްޓަންސީ އާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-PIS/138/2018/67 (22 މެއި 2018) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، މިމިސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަސައްކަތަށް ޝަރުތު ހަމަވާ އެންމެހާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމަށް ދައުވަތު އަރުވަމެވެ.

ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ކޮންމެހެން ހުޅަހަޅަންޖެހޭ ލިޔެކުޔުންތައް:

  • ކޮމްޕެނީ ޕްރޮފައިލް
  • އެންވަޔަރަމަންޓަލް ކޮންސަލްޓަންޓުންގެ އީ.އައި.އޭ ލައިސެންސުގެ ކޮޕީއެއް

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 12 ޖޫން 2018 ވަނަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގައި އޮންނާނެކަމުގައި ދަންނަވަމެވެ.

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖޫން 2018 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޑައިގެން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް  އީ.އޯ.އައި ހުށަހެޅުމަށް ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންވާނީ ތިރީގައިވާފަދައިން ލޭބަލްކޮށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ:

"Expression of interest for Environmental Impact Assessment (EIA) for Asphalting work of a Road Project”

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:                        

އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004327/3004110       ފެކްސް:3004301

އީ-މެއިލް: [email protected]

             

10 ޖޫން 2018