މަސައްކަތް
ނަންބަރު: (IUL)227-ID/227/2018/33
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 20 ޖޫން 2018 11:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީޓިން ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް

މި އިދާރާގެ މީޓިން ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.

           ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2018 ޖޫން 13ވާ ބުދަ ދުވަހުގެ 11:00އަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖޫން 20ވާ ބުދަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ލޯކަލް އިންވެސްޓްމަންޓްތަކަށެވެ.

           މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                26 ރަމަޟާން  1439

10 ޖޫން 2018