މަޤާމު:
|
މަސައްކަތު
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ކ. ވިލިނގިލި)
|
ގްރޭޑް:
|
01
|
ސްޕައިން ޕޮއިންޓް:
|
01
|
މުސާރަ:
|
މަހަކު 3,549.22 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 1,521.09 ރުފިޔާ
|
އިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ސެންޓަރުގެ ކްލާސްރޫމްތަކާއި، އޮފީހުގެ ކޮޓަރިތައް، ކޮރިޑޯތަކާއި، ސާފުކުރަން ހަވާލުކުރެވޭ އެހެނިހެން ތަންތަން ކުނިކަހައި، ފޮޅައި ސާފުކުރުމާއި، މިތަންތަނުގެ ގޮނޑިމޭޒު، ޝެލްފް ފަދަ ތަކެއްޗާއި، ބިއްލޫރިތައް ފޮހުން.
- ސެންޓަރުގެ އިމާރާތްތަކުގެ ފުރާޅަށް އަރާ، ފުރާޅު އަދި ދިޔަދޮވިތައް ސާފުކުރުން.
- ފެކަލްޓީގެ ދަރިވަރުންނާއި މުވައްޒަފުން ބޭނުންކުރާ ފާޚާނާތައް ސާފުކުރުން.
- އެގްޒޭމް ހޯލްތަކަށް ގޮނޑި މޭޒުޖެހުމާއި، މިތަންތަން ކުނިކަހައި، ފޮޅައި، ސާފުކޮށް ބެލެހެއްޓުން.
- ސާފުކުރަން ހަވާލުކުރެވޭ ތަންތަނުގެ ތަކެއްޗަށް ދިމާވާ މެއިންޓަނަންސް މައްސަލަތައް ސެންޓަރުގެ ވެރިޔަކަށް ރިޕޯޓްކުރުން.
- ވޮޗަރު/ޑިއުޓީ އޮފިސަރުން ކެއުމަށާއި ނަމާދު ވަގުތަށް ފޮނުވުމަށް މަޑުކޮށްދިނުން.
- ސެންޓަރުގެ އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންގޮސްދިނުން (ގޮނޑި، މޭޒު، ފޮތް، ފައިލް، ކަރުދާސް ފަދަ ތަކެތި)
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި މާލޭގެ އެހެނިހެން އިދާރާތަކާއި އޮފީސްތަކަށް ފޮނުވަންޖެހޭ ތަކެތި ގެންގޮސްދިނުމާއި ބަލާދިއުން (ސިޓީ، ލިޔެކިޔުންތައް، ސްޓޮކް އައިޓަމްތައް، ފޮށިގަނޑުގަނޑު، އިކުއިޕްމަންޓާއި މެޝިނަރީ ފަދަ ތަކެތި)
- ސަވައިވަލް ސެންޓަރުގައި ހިނގާ ޓްރެއިނިންނަށް ބޭނުންވާ ސާމާނު ސެންޓަރުން ސަވައިވަލް ސެންޓަރަށް ގެންދިއުމާއި ޓްރެއިނިން ނިމުމުން އަނބުރާ ސެންޓަރަށް ގެނައުން. (ލައިފް ރާފްޓް، އަލިފާން ރޯކުރާ ކޮންޓެއިނަރ، އަލިފާން ނިއްވާ ފުޅި، ތެޔޮ ހަން ފަދަ ތަކެތި).
- ސެންޓަރުން އެހެނިހެން ރައްރަށުގައި ހިންގާ ކޯސްތަކަށް ބޭނުންވާ ތަކެތި ފޮނުވުމަށް ސެންޓަރުން މާލޭގެ ބަނދަރުގައިވާ ބޯޓުފަހަރު ދޮށަށް ތަކެތި ގެންދިއުމާއި އަނބުރާ އައުމުން ބޯޓުދޮށަށް ބަލާދިއުން (ފޮށިގަނޑުގަނޑު، ލަގެޖް، އަލިފާން ނިއްވާފުޅި، ލައިފް ބޯއީ ފަދަ ތަކެތި).
- ހުކުރު، ހޮނިހިރު ދުވަހުގެ ޑިއުޓީއަށާއި، އިތުރުގަޑީގައި މަސައްކަތްކުރުމަށް ނިކުތުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2018 ޖޫން 12 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް. (މަތީގައި ދެންނެވުނު ލިޔުމަކީ އެ މުވައްޒަފު ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމަކަށްވުން )
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345408 ނަމްބަރު ފޯނަށެވެ.
|