ދިވެހިރާއްޖެ
އެންޓިކޮރަޕްޝަން ކޮމިޝަން މާލެ، ދިވެހިރާއްޖެ |
|
||
ކޮންސަލްޓެންސީ ހޯދުމަށް |
ތާރީޚް: |
27 ރަމަޟާން 1439 10 ޖޫން 2018 |
|
ނަންބަރު: |
123-A/IUL/2018/19 |
||
މިކޮމިޝަނަށް ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓެއް ހޯދުމަށް ކުރި ނަމްބަރ: 123-A/IUL/2018/16 (22 މޭ 2018) އިޢްލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، އެއިޢްލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މި ކޮމިޝަނުގައި ގާއިމުކޮށްފައިވާ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކޮށް، އިތުރުކުރަންޖެހޭ މޮޑިއުލްތައް އިތުރުކުރުމާށާއި، މިހާރު އެ ސިސްޓަމުގައި ހުރި މޮޑިއުލްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ސޮޕްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 41ޖޫން 2018 ވާ ބުދަދުވަހުގެ 13:30 ގެ ކުރިން އެކަމަށް އެދި މިކޮމިޝަނަށް ލިއުމަކުން ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާއިރު އެފަރާތެއްގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރު ހުށަހަޅަންވާނެއެވެ. ލިއުން ހުށަހަޅުއްވާނީ ހުރަވީ ބިލްޑިންގގެ ދެވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީ މެއިލް އެޑްރެސްއަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި، ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާނެ ޝަރުތުތައް ހިމެނޭ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި ކޮމިޝަނުގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ. ހުށަހަޅާ އެޕްލިކޭޝަންތައް ހުޅުވުން އޮންނާނީ 14 ޖޫން 2018 ވާ ބުދަދުވަހުގެ 13:45 ގައި މިކޮމިޝަނުގެ ކޮންފަރެންސް ރޫމްގައެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނަންބަރު 3015214 އާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 10 ޖޫން 2018
|